އެފްއޭއެމް ގެ އެންމެ ގިނަ ޖަރީމާގައި ބައިވެރިވެފައިވާ ޝަވީދު ވަނީ އެތައް ގުދަންތަކެއް ނުއަގުގައި ބިޑް ކުރުމެއް ނެތި ނުހައްގުން ބައްސާމް މެދުވެރިކޮށް ހޯދާފައި ކަމަށް މީގެ ކުރިން މީޑިޔާއިން ސަމާލުކަމަށް ގެނެސްފައިވެއެވެ.
މިމައްސަލަތައް ބަލާ އިންސާފު ހޯދައިދޭން ވައުދުވެގެން އައި ޓޮމް ގެ ރާގުމިވަނީ މިހާރު ބަދަލުވެފައި ކަމަށް ދިޔަވަރު އަށް ވަނީ މައުލޫމާތު ލިބިފައެވެ. މިކަން ބަދަލުވެފައި ވަނީ ޝަވީދު އާއި އެކީ ބޭއްވުނު ސިއްރު ބައްދަލުވުންތަކަށް ފަހުގައި ކަމަށް މައުލޫމާތު ލިބެއެވެ.
އެބައްދަލުވުން ތަކުގައި ޝަވީދު ވަނީ 5 މިލިއަން ރުފިޔާ ޓޮމް އަށް ދީފައިކަމަށާއި އަދި ބަދަލުގައި ޝަވީދުގެ ގުދަންތައް ހިމާޔަތް ކުރާށާއި ޝަވީދު ޑޮލަރު މާރުކުރުމުގެ ނަމުގައި އެފްއޭއެމް ތެރޭ ހިންގާފައި ހުރި ޖަރީމާތަށް ނުބެލުމަށާއި އަދި ފީފާ އަދި އޭއެފްސީ ގެ ވޯޓްތައް ޓޮމްއަށް ވިއްކާ ދޭންވެސް ވަނީ އެއްބަސް ވެފައި ކަމަށް މައުލޫމާތު ލިބެއެވެ.
މިއީ ރައީސް ޑރ މުއިއްޒުގެ އިރުޝާދާއި ލަފާފުޅާއި މުޅިން ހިލާފަށް ޓޮމް ކުރިކަމެއް ކަމަށް ބެލެވެއެވެ. ނަމަވެސް އެފްއޭއެމް ގައި އިންތިހާބުވެފައި ތިބި ރައީސް މުއިއްޒު އާއި ސާޖިދާގެ އަރިސް ފަރާތްތައް ބާކީ ކޮށް، އޭނާގެ ފުރިހަމަ ބާރު ހިނގާގޮތަށް އެފްއޭއެމް ހިންގުމަށް އޭނާ މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.





