ފާޑު ކިޔުންތައް އަމާޒު ވުމުން ޔޫކޭއަށް މުއިއްޒު ކުރަން އޮތް ދަތުރު ކެންސަލްކޮށް އާއަހަރު ފާހަގަ ކުރަން ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
ޔޫކޭއަށް ފާއިތުވި 2 އަހަރު 5 ފަހަރު މުއިއްޒު ދަތުރު ކޮށްފައިވެއެވެ. ރައްޔިތުންގެ ފައިސާއިން ކުރި މި ދަތުރު ތަކުގެ ބޭނުމަކީ ޔޫކޭގައި ކިޔަވަން ހުންނަ އަންހެން ދަރިފުޅާއި ބައްދަލު ކުރުން ކަމަށް ބުނެ ރައްޔިތުން ދަނީ ފާޑު ކިޔަމުންނެވެ.
މި ފަހަރު ސިންގަޕޫރަށް ޔޫކޭގައި ދިރިއުޅޭ މުއިއްޒުގެ އަންހެން ދަރިކަބަލުން މުއިއްޒު އާއި ބައްދަލު ކުރަން ދަތުރު ކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.
މުއިއްޒުގެ ދަތުރުތައް ގިނަވެ އިސްރާފުކޮށް ޚަރަދު ކުރާއިރު، ބޭސްފަރުވާ ބޭނުންވާ އާދައިގެ ބޭސް ގުޅަވެސް މިހާރު ރާއްޖެއިން ލިބުން ވަނީ ދަތިވެފައެވެ.






