ވަގުތީ ގޮތުން ސްޓެލްކޯގެ ހިންގުމާއި ހަވާލުކޮށްފައިވާ ޑީއެމްޑީ އަލީ އަޒުވަރު، ރިނިއުބަލް އެނާޖީ ޑިޕާޓްމެންޓްގެ ހެޑް އިބްރާހިމް ނިޒާމް އާއި ގުޅިގެން މީގެ ކުރިން ހިންގާފައިވާ ބޮޑު ވައްކަމެއް، ކުރީގެ މެނޭޖިންގ ޑިރެކްޓަރ ގެ ސަމާލުކަމަށް އިންޓާރނަލް އޮޑިޓް މެދުވެރިކޮށް ގެނެސްފައިވާތީ، އެކަމާއި ގުޅިގެން ޕްރޮކިޔުމެންޓް ޑިޕާޓްމެންޓްގެ ޖެނެރަލް މެނޭޖަރ އަޒްހާދު ރަމީޒު މަގާމުން ވަކި ކުރަން މަސައްކަތް ފަށައިފިއެވެ.
ދިޔަވަރު ނޫހަށް މައުލޫމާތު ލިބޭގޮތުގައި، ޑީއެމްޑީ އަލީ އަޒުވަރު ވަނީ މުޅި ސްޓެލްކޯގެ ކޮންޓްރޯލް މިހާރު ނަގާފައެވެ. އަދި ޑިޕާރޓްމެންޓްތަކަށް އަޒްވަރަށް ބާރު ލިބޭގޮތަށް ދަނީ ބަދަލުތައް ގެނެސް މީހުންތައް އެކި ދިމަދިމާލަށް ބަދަލު ކުރަމުންނެވެ.
ސްޓެލްކޯ ގައި، އަޒުވަރު ލޯބީގެ ގުޅުމެއް ހިންގަމުންދާ ނަޒްމާ ނައީމް (ނަންނު) މަގާމުން ވަކިވުމަށް ސިޓީ ލާފައިވަނިކޮށް، ސިޓީ އަނބުރާ ނެގުމަށް މިހާރު ޑީއެމްޑީ އަޒުވަރު ވަނީ މިހާރު އަންގާފައެވެ. އަދި ކޯޕަރޭޓް ޑިޕާރޓެމެންޓްގެ ހެޑް އަކަށް އޭނާ ލުމަށް މިހާރު ވަނީ ނިންމާފައެވެ. ނަންނު އަކީ ސްޓެލްކޯގެ ގިނަ ބަޔަކާއި އެކު އަދި ރާއްޖޭގެ އެކި މުއްސަނދިންނާއި އަދި ސިޔާސީ ފަރާތްތަކާއި އެކު ގާތް ގުޅުމެއް ބާއްވާ ފަރާތެކެވެ.
ރައީސް މުއިއްޒު ކުރީގެ އެމްޑީ ޝަމާހު، އީޝާއާއި ރައްޓެހިވެގެން އުޅޭ މައްސަލާގައި، ރުޅިވުމަށް އަންގައި އެކަން ނުކުރުމުން މިހާރު ވަނީ މަގާމުން ވަކިކޮށްފައެވެ. އީޝާދެކެ މުއިއްޒު މިހާރުވެސް ވަރަށް ލޯބިވާކަމަށް އީޝާގެ ގާތް ރައްޓެއްސެއް މި ނޫހަށް މައުލޫމާތު ދީފައިވެއެވެ.






