އީޝާގެ ވާހަކަ އާންމު ވުމުން، ޝަމާހު މަޤާމުން ވަކިކުރީ ކޮރަޕްޝަނުގެ ސަބަބުން ކަން ދެއްކުމަށް ޝަމާހުގެ އޯޑިޔޯއެއް ރައީސް މުއިއްޒު ލީކު ކޮށްލައިފި

އީޝާގެ ވާހަކަ އާންމު ވުމުން، ޝާމާހު މަޤާމުން ވަކިކުރީ ކޮރަޕްޝަނުގެ ސަބަބުން ކަން ދެއްކުމަށް ޝަމާހުގެ އޯޑިޔޯއެއް ރައީސް މުއިއްޒު ލީކު ކޮށްލައިފިއެވެ.

މި އޯޑިޔޯގައި ޝަމާހު ވައްކަން ކުރާ ގޮތާއި، އަދި އެކަން އޭނާ ސިއްރު ކުރާގޮތުގެ ވާހަކަތައް ހާމަ ކޮށްފައިވެއެވެ. ނަމަވެސް ލީކުވެފައިވާ އޯޑިޔޯއަކީ އޭނާގެ އޯޑިޔޯ އެއް ނޫން ކަމަށް ޝާމާހު ވަނީ ހާމަކޮށްފައެވެ. އަދި ސްޓެލްކޯއިން އެއްވެސް އެއްޗެއް ގަނެފައެއް ޕްރޮކިޔު ކޮށްފައެއް ނޯންނާނެ ކަމަށް އޭނާ ހާމަ ކުރެއެވެ. އަދި އެއީ ހަދާފައި އޯޑިޔޯއެއް ކަމަށް ބުނެއެވެ.

ރައީސް މުއިއްޒު ސްޓެލްކޯ އަށް ޝަމާހު އައްޔަން ކޮށްފައިވަނީ އޭނާ ކުރީގައި ހުރި މިފްކޯގައިވެސް އެފަދަ ތުހުމުތު ތަކެއް އޭނާގެ މައްޗަށް ކުރެވިފައި ވަނިކޮށެވެ. މިކަމުން ރައީސް މުއިއްޒު ތަންތަނަށް މީހުން އައްޔަން ކުރަނީ ކޮރަޕްޝަނަށް ބަލާފައި ވައްކަން ނުކުރާ މީހުން ނޫންކަން އެނގެއެވެ.

މިގޮތުން އެޗްޑީސީ އަށް އެމްޑީއަކަށް ޒުހައިރު ލާފައިވަނީ އޭގެ ކުރިން ހުރި އެމްޑީ މައުރޫފު ވައްކަން ނުކުރާތީ އެވެ. މައުރޫފު ވަކި ކުރިއިރު އޭނާ ރިޓަޔަރމެންޓަށް އެދުމުން އެ ފުރުޞަތުވެސް ނުދީ އާރުޑީސީގައި ވައްކަން ކުރަމުން ދިޔަ ޒުހައިރު އަވަހަށް އައްޔަން ކުރިއެވެ.

އީޝާ އާއި ރައީސް މުއިއްޒު އާއި އޮތް ގުޅުމަކީ ރާއްޖޭގެ ހުރިހާ ނޫސްވެރިންނަށް އެނގޭ ގުޅުމެކެވެ. ސަރުކާރުގެ ހުރިހާ އެމްޑީއިންނާއި، ވަޒީރުންނާއި އިސް ހުރިހާ ފަރާތްތަކަށް އެނގޭ ވާހަކައެވެ. އީޝާ ދެކެ މުއިއްޒު މިހާރުވެސް ވަރަޑް ލޯބިވާކަމަށް އީޝާ ދަނީ ހާމަ ކުރަމުންނެވެ.