ރައީސް މުއިއްޒު (ގުއިއްޒު) ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރު ޔަޒްމީދު (ކުރުކޮށް ހުންނަ މީހާ) އަށް ގުޅުއްވައި، ހައިކޯޓުގެ ފަނޑިޔާރު ކަމަށް ޝުޖާއު އުސްމާން ހޮވުމަށް އަންގަވައިފިއެވެ. މި މަގާމަށް ޝުޖާއު އުސްމާން ނެގުމަށް ބާއްވާ އިންޓަވިއު ތާވަލުކޮށްފައި އޮތީ މިއަދު (12 ޖެނުއަރީ) ހެނދުނު 9:00 އަށެވެ.
މިކަމާ ގުޅިގެން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ޝުޖާއު އުސްމާން ވަނީ ވިލިނގިލީގައި ތިބި ޕީއެންސީގެ މެމްބަރުން ގާތު ވައުދެއް ވެވަޑައިގެންފައެވެ. އެއީ އޭނާއަށް ހައިކޯޓުގެ ފަނޑިޔާރުކަން ލިބިއްޖެނަމަ، މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވެ އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ މެމްބަރު ޝަހީބް އިބްރާހިމް މިނިވަންކޮށްދެއްވާނެ ކަމަށެވެ.
މީގެ އިތުރުން، ޖޭއެސްސީގެ ޔަޒްމީދު ވެސް ވަނީ ޝުޖާއު އުސްމާން ގާތު ޝަރުތެއް ކުއްވާފައެވެ. އެއީ މިއަދު ހައްޔަރުކުރެވުނު ޔަޒްމީދުގެ ތިމާގެ މީހެއް ކަމަށްވާ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު އަދި ކުޑަކުދިންނަށް ގަނާކުރުމަށް (bullying) މަޝްހޫރުވެފައިވާ @anaam_oou ވެސް ވަރަށް އަވަހަށް މިނިވަން ކުރެވޭނެ މަގެއް ހޯދައިދިނުމަށެވެ.
ޝުޖާއު އުސްމާނަކީ މީގެ ކުރިންވެސް ހައިކޯޓުގެ އިސް ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. ނަމަވެސް، ފަނޑިޔާރުކަމުގެ ސުލޫކާ ޚިލާފުވެވަޑައިގެންނެވި ކަމަށް ތުހުމަތުކުރެވުނު ދެ މައްސަލައެއް ބެލުމަށްފަހު، އޭނާ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް 2020 ވަނަ އަހަރުގެ އޯގަސްޓް މަހު ޖޭއެސްސީން ނިންމިއެވެ.
އޭގެ ތެރެއިން ފުރަތަމަ މައްސަލައަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ގއ. ގެމަނަފުއްޓަށް ނުރަސްމީ ދަތުރެއް ކުރައްވައި، ރިޔާސީ ކެންޑިޑޭޓަކަށް (ރައީސް ޔާމީން) ތާއީދު ހޯއްދެވުމަށް އަމަލީގޮތުން ކެމްޕެއިން ކުރެއްވި މައްސަލައެވެ. ދެވަނަ މައްސަލައަކީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުރި މީހެއްގެ އާއިލާއާ ބައްދަލުކުރައްވައި، ރިޔާސީ އިންތިޚާބުގައި ވޯޓު ދީފިނަމަ އެމީހާ މިނިވަންކޮށްދޭނެ ކަމަށް ވިދާޅުވެ ޑީލް ހެއްދެވި މައްސަލައެވެ.
ނަމަވެސް، މަގާމުން ވަކިކުރުމުގެ މަރުހަލާ ކުރިއަށް ދިއުމުގެ ކުރިން، ޝުޖާއު އުސްމާން ވަނީ މަގާމުން އިސްތިއުފާ ދެއްވައި ފިއްލަވާފައެވެ.






