ޕެންޝަން އޮފީހުން ގަނެފައިވާ ބޮންޑުތަކެއް އެމްއެމްއޭއަށް ވިއްކާލުމަށްފަހު، އެ ފައިސާ ފިނޭންސް މިނިސްޓްރީގެ އާ ބޮންޑަކަށް އިންވެސްޓުކުރާ ގޮތަށް ހިންގަން އުޅޭ 2.4 ބިލިއަން ރުފިޔާގެ މުއާމަލާތް ކުރިއަށް ގެންދަން ޕެންޝަން އޮފީހުގެ ބޯޑުން ފާސްކޮށްފި އެވެ.
ޕެންޝަން އޮފީހުގެ ބޯޑުން އެ ނިންމުން ފާސްކުރީ އިއްޔެ އެވެ. އެކަމަކު އެ އޮފީހުން އުޅެނީ މިކަން ސިއްރުކޮށްގެންނެވެ.
އެ ބޯޑުން މިކަން ކުރީ، ވަގުތީ ޗެއާމަނަކު އައްޔަނުކޮށްގެންނެވެ. މިއީ ސަރުކާރުގެ ނުފޫޒުން އެ ބޯޓުން ނިންމި ނިންމުމެކެވެ.
މިކަމާ ގުޅިގެން ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން އަހްމަދު އިނާޒް ވަނީ ދާދިފަހުން އިސްތިއުފާދެެއްވާފަ އެވެ.
ތަފްސީލް އަންނަނީ….





