ޤާނޫނާއި ޚިލާފަށް ފައިސާ ޗާޕްކުރި ކަމުގެ ކުށުގައި މުއިއްޒުގެ މައްޗަށް ޖިނާޢީ ދައުވާ އުފުލޭނެ

ރައީސް މުއިއްޒު އެ ޚިލާފުވީ ޤާނޫނާއިއެވެ. ފައިސާ ޗާޕް ކުރީ ޤާނޫނާއި ޚިލާފަށެވެ. މިހާރު ރައީސް މުއިއްޒު އެހުންނެވީ ޤާނޫނީ ގޮޅިއަކަށް ފެތިފައެވެ. އެޓާރނީ ޖެނަރަލް ކޮންމެ ގޮތަކަށް މުއިއްޒަށް ލަފާ ދެއްވިއަސް މިކަމުން މުއިއްޒަށް ސަލާމަތް ނުވެވޭނެ ކަމަށް ރާއްޖޭގެ ފުންނާބު އުސް ޤާނޫނީ ވަކީލަކު ދިޔަވަރު ނޫހަށް މައުލޫމާތު ދެއްވަމުން ކިޔައި ދެއްވިއެވެ.

“މުއިއްޒު ކޯޓަށް ދަމާއިރު އެއްކަލް އުޝާމެއް ނުވެސް ހުންނާނެ. އޭނާ އަކީ އޮޕްޗިނިސްޓެއް” ދިޔަވަރަށް މައުލޫމާތް ދިން އެހެން ވަކީލަކު ހާމަ ކުރިއެވެ.

ޤާނޫނީ ގޮތުން ފައިސާ ޕްރިންޓް ކުރެވޭނީ ރާއްޖެއަށް އެންމެ ފަހުން ލިބުނު 3 އަހަރުގެ އާމްދަނީގެ އެވްރެޖް އިން %2.5 އެވެ. މި ސަރުކާރުން ވަނީ ކުރިން %1 އޮއްވާ %2.5 އަށް މަޖިލީހަށް ނުފޫޒު ފޯރުވައިގެން ބަދަލު ކޮށްފައެވެ.

ރާއްޖެއަށް ލިބިފައިވާ އެވްރެޖް އާމްދަނީއަކީ ގާތްގަނޑަކަށް 33 ބިލިއަން ރުފިޔާއެވެ. ފައިސާ ޗާޕް ކުރަން ޤާނޫނު ތަންދޭ މިންވަރަކީ އޭގެ %2.5 އަށް ވުރެ މަދު އަދަދެއް ކަމުން އެންމެ ގިނަވެގެންވެސް ޗާޕު ކުރެވޭނީ 825 މިލިއަން ރުފިޔާއެވެ. އެހެން ކަމުން 2.5 ބިލިއަން ރުފިޔާ ޗާޕު ކުރުމަކީ ޤާނޫނީ ކުށެކެވެ.

އެކުށް ކުރުމުގައި އެންމެ ބޮޑަށް ޝާމިލު ވަނީ މުއިއްޒު އާއި، ފިނޭންސް މިނިސްޓަރަކަށް ހުރި ޒަމީރެވެ. އަދި އެކަމަށް ވާގިވާ ގަވަރުނަރުގެ މައްޗަށާއި އަދި އެކަން އެގޮތަށް ކުރަމަށް ޕެންޝަން އޮފީސް ބޭނުން ކުރުމަށް ވޯޓު ދިން 3 މެމްބަރުން ނާއި، އެކަމުގައި ފަހުވަގުތުގައި ޝާމިލްވި އެންމެންގެ މައްޗަށް ޖިނާޢީ ދައުވާ ނުކުރެވޭނެ ހަމަ އެއްގޮތެއްވެސް ނޯންނާނެއެވެ.