ވިލާ އިން ގޭސް ގަނެގެން ޓޭންކު ފުލް ނުކޮށް މަކަރު ހަދައިގެން ގޭސް ވިއްކުމުގެ ބަދަލުގައި މޯލްޑިވިއަން ގޭސް އުވާލާފައި ބޯފަން އަބްދުﷲ އަށް ދައުވާ ކުރުން މާ ރަނގަޅު

ވިލާ އިން ގޭސް ގަނެގެން ޓޭންކު ފުލް ނުކޮށް މަކަރު ހަދައިގެން ގޭސް ވިއްކުމުގެ ބަދަލުގައި މޯލްޑިވިއަން ގޭސް އުވާލާފައި ބޯފަން އަބްދުﷲ އަށް ދައުވާ ކުރުން މާ ރަނގަޅެވެ.

މޯލްޑިވިއަން ގޭސް އުފައްދާފައިވަނީ ދައުލަތުގެ ފަރާތުން ގޭސް ގަނެ، ޒަރޫރޫ ބޭނުމަށް އާންމު ރައްޔިތުންނަށް ގޭހުގެ ހިދުމަތް ފޯރުކޮށް ދިނުމެވެ. އެކަމެއް މުއިއްޒުގެ ސަރުކާރުގައި މޯލްޑިވިއަން ގޭސް އަކަށް ނުކުރެވެއެވެ. މިކުންފުނިން މިހާރު ރާއްޖެއަށް ގޭސް އެތެރެ ނުކުރެއެވެ. ނަމަވެސް ދައުލަތުގެ ބަޖެޓުން އެތައް ހާސް މީހުންނަށް މުސާރަ ދެއެވެ.

ވިލާއިން ގޭސް ގަނެގެން ފުޅި ފުލް ނުކޮށް ގޭސް އަޅައިގެން، ގޭހަށް މަކަރު ހަދައިގެން އާންމުންނަށް ބޮޑު އަގުގައި ވިއްކުން ފިޔަވާ އިތުރު ކަމެއް ނުކުރެއެވެ. މޯލްޑިވިއަން ގޭސް މިހާލަތަށް ދިޔައީ ވައްކަން ކޮށްގެންނެވެ. ރައީސް މުއިއްޒު ބޭނުންވާ ފައިސާ ނަގައި ދިނުމަށް ކުރަން ޖެހުނު ވައްކަންތައް އެތާ ތެރެއިން ކުރަން ޖެހިގެންނެވެ. މިގޮތަށް ޑުބާއީގެ ޕޭޕާ ކުންފުންޏަކަށް އެތައް މިލިއަން ރުފިޔާއެއް ގޭސް ގަތުމަށް ދިނީ ސީދާ ކުންފުނީގެ އެމްޑީގެ އެންގުމަށެވެ. މިފައިސާއަށް ގޭހެއް ނުލިބެއެވެ. އަދި ފައިސާއެއްވެސް ނުލިބެއެވެ.

ރައީސް މުއިއްޒުގެ އެންގުމަށް ހުރިހާ ކުންފުނިތަކުގެ އެމްޑީއިން ވައްކަން ކުރަމުންދާތީ، އެއްވެސް ގޮތަކުން މިއިން މީހަކު ޒިންމާދާރު ކުރެވޭނެ ގޮތެއް ނެތެވެ.

ވައްކަމާއި ކޮރަޕްޝަންގެ އަގު މިއަދު ދައްކަން ޖެހިފައިވަނީ ރައްޔިތުންނެނެވެ. ރާއްޖެ މިއޮތޯ ރޯދަ މަހާއި ދިމާކޮށް ގޭހަށް ޖެހިފައެވެ. ރައްޔިތުންނަށް ގޭސް ވިއްކަމުން ދަނީ ކުރިންވެސް ދިން އަގުގައި ޓޭންކު ދެބައަށް ގޭސް އެޅުމަށް ފަހުގައެވެ. ރައްޔިތުން ގޭހަށް ކުރާ ޚަރަދު ދެގުނަ ބޮޑުވީއެވެ. މުއްސަނދި ވަމުން ދަނީ މުއިއްޒު އާއި، ބޯފަން އަބްދުﷲ އާއި މަހުޖަނު ގާސިމެވެ. ރައްޔިތުންނަށް ދޮޅު ފުޅި ގޭހެވެ.