ސިޔާސީ ނުފޫޒު އޮތް ބީއެމްއެލް އިން އެމަޒަން، އަލީ އެކްސްޕްރެސް، ސޮނީ އިން ވިޔަފާރި ނުކުރެވޭ ގޮތް ހަދައި ބާކީ ތަންތަނުން %30 ފީއެއް ނެގުމަކީ މުއިއްޒުގެ އަނިޔާވެރިކަން ރައްޔިތުންގެ މައްޗަށް އޮތް ވަރު ފެނިގެންދާ ކަމެވެ.
ރީޓައިލް ކޮށް ވަކި ވަކި ފަރުދުންނަށް މުދާ ވިއްކާ މިތަންތަނުން ހެޔޮ އަގުގައި ދިވެހިންނަށް މުދާ ލިބުމަކީ، މުއިއްޒުގެ ސަބަބުން މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރު ކަމުން ލިބޭ އާމްދަނީ އިން ދެކޮޅު ޖައްސަމުން ދިޔަ ހަމައެކަނި މަގެވެ. އެކަން އެނގިގެން ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން ދިވެހިން އަނގައާއި އަތާއި ދިމާވާން އޮތް އެއްވެސް ފުރުސަތެއް ރައްޔިތަކަށް ނުދިނުމަށް، ސިޔާސީ ވަޒީފާގެ އަޅުންނަށް ހަދައި ބާކީ ރައްޔިތުން ނިކަމެތިކޮށްލުމަށް މުއިއްޒު ރާވައިގެން ހިންގި އަނިޔާވެރި އަމަލެކެވެ.
ރާއްޖޭގެ ތާރީޚުގައި ޑޮލަރު ދުވަހަކުވެސް ނުލިބޭ ވަރަށް މިއަދު ދައުލަތަށް ޑޮލަރު ވަދެ ތިޔާގިވެފައިވާއިރު، އެ ޑޮލަރު ފުނިފުންޏަށް ޖަހަމުން އެދަނީ ސިންގަޕޫރުގައި ހުރި މުއިއްޒުގެ ބޭންކު އެކައުންޓްތަކަށެވެ. އިރުއިރުކޮޅާ ސިންގަޕޫރަށް ދެއިރު ދެދަޅައަށް ދަނީ ޑޮލަރު ގުނުމަށެވެ.
ފުށި ދިއްގަރުފަޅު ފަދަ ކޮންމެވެސް ޕްރޮޖެކްޓެއްގެ ތެރެއިން ލާފައި ވަގަށް ނަގާ ރައްޔިތުންގެ ޑޮލަރުން ކަޓަށް ވާ ބައި ގުނުމަށެވެ. އޭޝިޔާގެ ތާރީޚުގައި ރައްޔިތުންނަށް މިހާ އަނިޔާވެރި ނުބައި ލީޑަރެއް މި ގަރުނުގައި ފާޅުވެފައި ނުވެއެވެ.
އޮންލައިންކޮށް ބޭރުގެ ވިޔަފާރީގައި ބައިވެރި ވުމަކީ ދިވެހި ކޮންމެ ރައްޔިތަކަށް ލިބިފައިވާ އަސާސީ ހައްޤެކެވެ. ހައްޤަކުން ހައްޤަކަށް އަރައިގަނެ ރައްޔިތު މީހާ ނިކަމެތިކޮށް، ވަޒީފާގެ އަޅުންނަށް ހަދައިގެން ވެރިކަމުގައި ހުރެވޭނެ ކަމަށް ނޫޅޭށެވެ.






