ދިޔާނާ އާއި ޖާބިރު އަލުން ވަރަށް އަވަހަށް ކައިވެނި ބައްލަވައިގަންނަވަނީ، ދެން ވަރިވެއްޖެ ނަމަ ވާނީ 3 ފަށް!

ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދުއާއި ކުރީގެ މެމްބަރު އަބުދުއްالله ޖާބިރު އަނެއްކާވެސް އަލުން ކައިވެނި ބައްލަވަން ނިންމަވައިފިއެވެ.

ދިޔާނާގެ އަރިސް ބޭފުޅަކު “ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދިން ގޮތުގައި ދިޔާނާ އަލުން ޖާބިރުއާއި ކާވެނީގެ ގޮތުން ގުޅުމަށް ނިންމާފައިވަނީ ޖާބިރުއާއި ވަކިން އުޅުއްވުން މާލީގޮތުން ގޮންޖެހުން ބޮޑު ކަމެއްގެ ގޮތުގައި ދިޔާނާއަށް އިހުސާސް ކުރެއްވެން ފެއްޓެވުމުންނެވެ.

ޖާބިރުއާއި އަލުން ކައިވެނި ބައްލަވައިގަންނަވަން ދިޔާނާ ނިންމެވުމާއެކު ދިޔާނާ ވަނީ ކުރިން އޭނާ ފާޑު ވިދާޅުވަމުން ގެންދެވި މުއިއްޒުއަށް ތާއީދުކޮށް ޓުވީޓު ކުރައްވަން ފައްޓަވާފައެވެ. އެގޮތުން މުއިއްޒުގެ ބައެއް ސިޔާސަތުތަކަށް ތާއީދުކޮށް ދިޔާނާ މިހާރު ވަނީ ވާހަކަ ދައްކަވަން ފައްޓަވާފައެވެ. އެގޮތުން ދެ އިންތިޚާބު އެއްކޮށްލުމަށް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ތާއީދުކޮށް ދިޔާނާ ޓުވީޓު ކުރައްވަން ފައްޓަވާފައިވާއިރު ޖާބިރު މިހާރުވަނީ މުއިއްޒުއަށް ތާއީދުކޮށް މީޑިއާގައި ވާހަކަ ދައްކަވަން ފައްޓަވާފައެވެ.

އެނގިފައިވާ ގޮތުގައި ދިޔާނާއާއި ޖާބިރު ކައިވެނި މި ކުރައްވަނީ 3 ވަނަ ފަހަރަށެވެ. އެހެންކަމުން ޖާބިރު ދެން ދިޔާނާ ވަރި ކުރައްވައިފިނަމަ ދެބޭފުޅުން 3 ފަށް ވާނެއެވެ.

ޖާބިރުއާއި އެންމެ ފަހުން ދުރަށް ދިއުމަށްފަހު ދިޔާނާ އެންމެ ފަހުން ވިދާޅުވެފައިވަނީ ދެން އޭނާ ޖާބިރުއާއި ކައިވެނީގެ ގޮތުން ގުޅިވަޑައި ނުގަންނަވާނެ ކަމަށެވެ.

ޖާބިރުއަކީ މީގެ ކުރިން ރާބުއިމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށް، މައްސަލަ ތަހުގީގު ކޮށްފައިވާ ފަރާތެއްކަން ފާހަގަ ކުރެވެއެވެ.