އަވައްޓެރި އިންޑިއާއިން ފިޔާ އެކްސްޕޯޓްކުރަން ހުއްދަދޭ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ނެތް! ރޯދަމަސް ކުރިޔަށް އޮއްވާ ފިޔާގެ އަގު އުފުލިގެންދާނެ, ރައްޔިތުން ސަމާލުވޭ!

އިންޑިއާއިން ފިޔާ އެކްސްޕޯޓް ކުރަން އެންމެ ފަހުން ނިންމި ގައުމުތަކުގެ ލިސްޓުގައި ދިވެހިރާއްޖެ ނުހިމެނޭ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.

އިންޑިއާއިން މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މާޗު މަހުގެ ނިޔަލަށް ފިޔާ އެކްސްޕޯޓް ކުރުންވަގުތީ ގޮތުން ވަނީ މަނާކޮށްފަ އެވެ. ނަމަވެސް އިންޑިއާ ސަރުކާރުގެ ހާއްސަ ހުއްދައެއްގެ ދަށުން މިހާތަނަށް ވަކި ކޯޓާއެއްގެ ދަށުން އަވަށްޓެރި ބައެއް ގައުމުތަކަށް ފިޔާ އެކްސްޕޯޓުރެ އެވެ.

މީގެ ކުރިން ފިޔާ އެކްސްޕޯޓުކުރުން މަނާކުރި ކޮންމެ ފަހަރަކު ވެސް ހާއްސަ ކޯޓާގެ ލިސްޓުގައި ރާއްޖެ ހިމެނުނު ނަމަވެސް، ރާއްޖެ އާއި އިންޑިއާގެ ގުޅުން ގޯސްވެފައިވާ މި ދަނޑިވަޅުގައި އަލަށް ނެރުނު ލިސްޓުގައި ރާއްޖެއެއް ނެތެވެ.

އިންޑިއާ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ގައުމުން ފިޔާ އެކްސްޕޯޓުކުރުމުގެ ހާއްސަ ކޯޓާއެއް މިފަހަރު ކަނޑައަޅާފައި ވަނީ ބަންގްލަދޭޝް، ސްރީލަންކާ، މޮރިޝަސް، ބަހްރެއިން، ބޫޓާން އަދި ނޭޕާލް އަށެވެ.

އެ ލިސްޓުގައި ރާއްޖެ ހިމަނާފައި ނެތީ ކީއްވެކަން އަދި ސާފުވެފައެއް ނުވެއެވެ. އެހެންނަމަވެސް އިންޑިއާއިން ފިޔާ އެކްސްޕޯޓުކުރާ ގައުމުތައް ކަނޑައެޅި އެގައުމުގެ ޚާރިޖީ ވުޒާރާގެ ލަފާގެމަތިންކަމަށް ނޫސްތަކުގައި ރިޕޯޓު ކޮށްފައި ވެއެވެ.

އަވަށްޓެރިންނަށް އޮންނަ ހާއްސަ ކޯޓާ އެ ގައުމަކުން އެދުމުން ކޮންމެ ފަހަރަކު އިންޑިއާއިން ހަމަޖައްސައިދެ އެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން ފިޔާ އެކްސްޕޯޓް ކުރާ އިންޑިއާއިން ރާއްޖެ އަށް ފިޔާ ނުލިބިއްޖެ ނަމަ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި، ހާއްސަކޮށް ރޯދަ މަހު ފިޔާގެ އަގު ބޮޑުވާނެ ކަމަށް ބެލެވެ އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު, ޗައިނާގެ އުގަށް ވެއްޓި, އެގައުމާއެކު ސިއްރު އެއްބަސްވުންތަކުގައި ސޮއިކޮށް, ޗައިނާގެ އަސްކަރީ އުޅަނދުތަކަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމުގެ ފުރުސަތު ދޭން ފެށުމާއެކު އަވައްޓެރި އެހެން ގައުމުތަކާ ރާއްޖެއާ ދެމެދު އޮތް ގުޅުންވަނީ ވަރަށްބޮޑަށް ގޯސްވެފައެވެ.