މުއިއްޒު ރަށްރަށަށް ވަޑައިގަންނަވާއިރަށް ރައްޔިތުން ބަނދަރު ސަރަހައްދަށް ނުކުތުމަށް އަންގާ, ސަރުކާރުގެ ގެޒެޓްގައި އާންމުކޮށް އިއުލާން ކުރަން ފަށައިފި! މިކަން ކުރަނީ މުއިއްޒުގެ އެންގުމަށް!

ރައީސް މުއިއްޒު ރަށްރަށް ވަޑައިގަންނަވާއިރަށް, ރަށްރަށުގެ ބަނދަރު ސަރަހައްދަށް މީހުން ނިކުތުމަށް, އާންމުކޮށް އަންގާ ސަރުކާރުގެ ގެޒެޓުގައި އިއުލާން ކުރަން ފަށައިފިއެވެ.

އެގޮތުން މުއިއްޒު ރާއްޖޭގެ ދެކުނަށް މިހަރު ކުރަމުންދާ ދަތުރުގައި, މިއަދު ގދ. ގައްދޫއަށް ވަޑައިގަންނަވާއިރަށް, އެރަށުގެ ބަނދަރު ސަރަހައްދަށް މީހުން ޖަމާވުމަށް ރައްޔިތުންނަށް އެންގުމަށްޓަކާ އާންމު އިއުލާނެއް ވަނީ ސަރުކާރުގެ ގެޒެޓްގައި ކޮށްފައެވެ.

މި އިއުލާނުގައި ވާގޮތުން މުއިއްޒުއަށް މަރުޙަބާ ދެންނެވުމަށްޓަކާ, ގައްދޫގެ ހުރިހާ ރައްޔިތުންވެސް ހެނެދުނު 9:30 އަށް ގައްދޫ ބަދަރު ސަރަހައްދަށް ނިކުތުމަށް އަންގާފައި ވެއެވެ.

ރައީސުން ރާއްޖޭގެ ރަށްރަށަށް ވަޑައިގަންނަވާއިރަށް ރައްޔިތުން މަރުހަބާ ކިއުމަށް ބަނދަރަށް ނުކުރުމަށް އާންމުކޮށް އަންގާ, ގެޒެޓްގައި އިއުލާންކޮށް ހެދުމަކި މީގެ ކުރިން ކޮށްފައިވާ ކަމެއް ނޫނެވެ.

އެހެންނަަމަވެސް ގައްދޫ ކައުންސިލުން “ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދިން ގޮތުގައި މުއިއްޒުއަށް މަރުހަބާ ދެންނެވުމަށް ބަނދަރަށް ނިކުތުމަށް އަންނަގާ އާންމުކޮށް އިއުލާން ކުރުމަށް ރައީސް އޮފީހުން ވަނީ އެކައުންސިލަށް އަންގާފައެވެ.

ރައީސް އޮފީހުގެ މިނިސްޓަރ ޚަލީލު ގުޅުއްވާފަ ވިދާޅުވީ, ރައީސް އޮތީ އަންގަވާފައޭ މީހުން ނެރެން ޖެހޭނެ ކަމަށް. އަދި ހުރިހާ ކައުންސިލަކުންވެސް އެކަން އާންމުކޮށް އިއުލާން ކުރުމަށްޓަކާ ގެޒެޓް ކުރާންވެސް ރައީސްވެސް އަންގަވާފަ އޮތް ކަމަށް.

“ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދެމުން ގައްދޫ ކައުންސިލްގެ ރައީސް ވިދާޅުވެފައި ވެއެވެ.

މުއިއްޒު އެންމެ ފަހުން އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި, އައްޑޫ ހިތަދޫގައި ބާއްވަން ހަމަޖެއްސި ޖަލްސާއަށް މީހުން ނުދިއުމުގެ ސަބަބުން އެ ޖަލްސާ ކެންސަލް ކުރަން ޖެހިފައި ވެއެވެ.

ގިނަ ބަޔަކު ބުނަމުންދަނީ މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ, ރައީސް ޔާމިންގެ ހުސް ގޮނޑި ދައްކައިގެން, މަކަރާއި ހީލަތުން ކަމުގައެވެ. އަދި ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ, މިސަރުކާރަށް ގިނަ ބައެއްގެ ނަފްރަތު އިތުރުވަމުންދާއިރު, މުއިއްޒު ރަށްރަށް ވަޑައިގެންނެވުމުން, މަރުހަބާ ކިއުމަށް ނިކުންނަ މީހުންގެ އަދަދުވެސް އާދަޔާ ޚިލާފަށް މަދުކަން ފާހަގަ ކޮށްލެވެއެވެ.