‏ފ. ފީއަލީގެ ސަރުކާރަށް ނިސްބަތްވާ މެމްބަރުން, މެމްބަރު ޙަލީމަށް ހުރަސް އަޅައިފި

‏ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަޙުމަދު ޙަލީމް (ދޮންބިލެތް) އަށް، ފ.ފީއަލީ ޕީޕީއެމް-ޕީއެންސީ މެމްބަރުން ހުރަސް އަޅައިފި އެވެ.

‏ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިނަށް މެމްބަރު ޙަލީމް ހޮނިހިރު ދުވަހު ފީއައްޔަށް ވަޑައިގެންނެވުމުން، ޕީީޕީއެމްގެ އިސް ފަރާތްތަކާއި، އާންމު މެމްބަރުން ވަނީ ހުރަސް އަޅައިފަ އެވެ.

‏އޭގެ ތެރޭގައި މި ސަރުކާރުން ފީއަލީ ސިއްޙީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓާ ހެލްތު ސާވިސްގެ މަގާމަށް ހަމަޖައްސާފައިވާ މުޙައްމަދު ޝިފާއު އަދި ފީއަލީ ޒުވާނުންގެ މަރުކަޒު ހިންގުމަށް ހަމަޖައްސާފައިވާ މުހައްމަދު އާމިރު ހިމެނެ އެވެ. އެ ފަރާތްތައް އިސްވެ ވަނީ މެމްބަރު ޙަލީމް އަށް ހުރަސް އަޅައި، އަދި ކެމްޕެއިން ޙަރަކާތަށް ވެސް ހުރަސް އަޅައިފަ އެވެ. ނަމަވެސް ފުލުހުން މެދުވެރިކޮށް ފަހުން ވަނީ އެކަން ހުއްޓުވައިފަ އެވެ.

އެމްޑީޕީގެ ކެނޑީޑޭޓުން ކެމްޕޭނަށް ރަށްތަކަށް ޒިޔާރަތް ކުރުމުން, ސިޔާސީ ވަޒީފާތަކުގައި ތިބި ޕީއެންސީގެ އެކްޓިވިސްޓުން ދަނީ ރައީސް މުއިއްޒު އަންގަވައިގެން, އެމްޑީޕީގެ މެމްބަރުންނަށް ހުރަސް އަޅަމުންނެވެ.