މުލިއާގެގެ މަރާމާތަށް ދިޔަ ހަރަދު ހާމަ ކުރާނެ ކަމަށް ޚަލީލު މީޑިޔާގައި ދޮގު ހެދުމަށް ފަހު، އެ މައުލޫމާތަށް ނޫސްތަކުން އެދުމުން މައުލޫމާތު ދިނުމަށް ދެކޮޅުހެދުމުން، އައިކޮމުން އިން މިހާރު ވަނީ ރައީސް އޮފީހަށް އެ މައުލޫމާތު ދިނުމަށް އަންގާފައި!

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން މުލިއާގެއަށް ބަދަލުވުމަށް އެގެ މަރާމާތުކުރަން ދިޔަ ހަަރަދު ބުނެދޭން އިންފޮމޭޝަން ކޮމިޝަނުން ރައީސް އޮފީހަށް އަންގައިފިއެވެ.

މުލިޔާގެ މަރާމަތަށް ބޮޑު އަގެއް ދިޔަ ކަމަށް ދިޔަވަރު ނޫހުން ރިޕޯޓް ކުރުމުން، ރައީސް އޮފީހުގެ މިނިސްޓްރ ހަލީލު ވަނީ، އެކަމަށް އަސްލު ގޮސްފައިވާ ޚަރަދު ހާމަ ކުރާނެ ކަމަށް ބުނެފައެވެ. މަސައްކަތް ނިމުމުން ހާމަ ކުރާނެ ކަމަށް ބުނި ޚަރަދު ހާމަ ނުކޮށް، މުއިއްޒު ނިންމީ އެ މައުލޫމާތު ސިއްރު ކުރުމަށެވެ.

މުލިއާގެއަށް މުއިއްޒުގެ އަންހެނުންގެ ބޭނުމަށް ލިފްޓް ހަރުކޮށް، ޖަކޫޒީ ހަރުކޮށް، ކަރޯކޭ ސިސްޓަމް ގެނައުން ފަދަ އިސްރާފްތައް ރައްޔިތުންގެ ޓެކްސް ފައިސާއިން ކޮށްފައި ވާކަމަށް މީޑިޔާ ތަކުން ރިޕޯޓް ކޮށްފައި ވާއިރު، މުލިއާގެއަށް ކުރި ޚަރަދު މިވަރަށް ސިއްރު ކުރަން އުޅެނީ އެކަންކަން އިތުރަށް ހާމަ ވެދާނެ ތީ އެކަމާއި މުއިއްޒު ކަންބޮޑުވާތީ ކަމަށް ބެލެވެއެވެ.

މީގެ އިތުރުން މުލިއާގޭގައި ހިލޭ އަންހެނުންނައި އެކު ރޭ ކުރުމަށް، މިނިސްޓަރުގެ ފެންވަރުގައި ރިޔާސީ ގަނޑުވަރަށް އައްޔަންކޮށްފައިވާ ރައީސް ޑރ. މުއިއްޒުގެ އާއިލީ ބޭފުޅެއް ކަމަށްވާ ގ.ވަށަފަރު އިގްބާލު އާދަމް ހަދާފައިވާ ކޮޓަރިކޮޅަކީވެސް ރައްޔިތުންގެ ޓެކްސް ފައިސާއިން ރިނޮވޭޓް ކޮށް ހަދާފައިވާ ތަނެކެވެ.

އައިކޮމުން މިގޮތަށް އަންގާފައި މިވަނީ އެ މައުލޫމާތު ހޯދުމަށް މިދިޔަ ޑިސެމްބަރުމަހު މިޑީއާއަކުން ހުށައެޅުމުން މިހާތަނަށް އައިއިރުވެސް ރައީސް އޮފީހުން އެ މައުލޫމާތު ދީފައިނުވާތީއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހޯދަން އެދުނު މައުލޫމާތު ރައީސް އޮފީހުން ނުދިނުމުން އައިކޮމުން ވަނީ އެ މައްސަލާގައި މިއަދު އަޑުއެހުމެއް ބާއްވާފައެވެ.

އަޑު އެހުމުގައި އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވިދާޅުވީ މުލިއާގެ މަރާމާތަށް ދިޔަ ހަރަދާއި ގުޅޭ މައުލޫމާތަކީ ގާނޫނުގެ ދަށުން ނުދީ ހިފެހެއްޓޭނެ މައުލޫމާތެއް ނޫންކަމަށެވެ. އެހެންކަމުން އެ މައުލޫމާތު 3 ދުވަސްތެރޭ ދިނުމަށް އައިކޮމުން ވަނީ ރައީސް އޮފީހަށް އަންގާފައެވެ.

މައުލޫމާތު ނުދީގެން އައިކޮމަށް ހުށައެޅި މައްސަލައިގެ އަޑުއެހުން މީގެ ކުރިން 3 ފަހަރަށް ތާވަލުކުރިއެވެ. އެެހެންނަމަވެސް އަޑުއެހުމުގައި ބައިވެރިވެވެން ނެތްކަމަށް އަންގާ ރައީސް އޮފީހުން އެ އަޑުއެހުންތަކަށް ހާޒިރެއް ނުވެއެވެ.

ރައީސް އޮފީހުން މައުލުމާތު ދިނުމަށް އައިކޮމުން އެންގި، މިއަދުގެ އަޑުއެހުމަށްވެސް ރައިސް އޮފީހުން ހާޒިރެއް ނުވެއެވެ. އެހެންކަމުން މިއަދު އައިކޮމުން މައްސަލަ ނިންމާ ރައީސް އޮފީހުގެ ގައިރު ހާޒިރުގައެވެ.

މުލިއާގެ މަރާމަތުކުރުމަށް ދައުލަތުގެ ބަޖެޓުން 9.4 މިލިއަން ފުރަތަމަ ދިނެވެ. އެހެންނަމަވެސް އެ އަދުން ނުވެގެން އަލުން ބަޖެޓަށް ރައީސް އޮފީހުން އެދުމުން ދެން ދިނީ ކިހާވަރެއްކަމެެއް އެއްވެސް އިދާރާއަކުން މިހާތަނަކަށް ނުބުނެއެވެ. އަދި އެ ފައިސާ ހަރަދުކުރި ގޮތުގެ ތަފްސީލެއްވެސް ދީފައެއް ނުވެއެވެ.

ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރިޔާސީ ކެމްޕެއިންގައި އަދި މިހާރު ކުރަމުން ގެންދާ މަޖިލިސް ކެމްޕޭނުގައިވެސް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނަކީ އެއްވެސް ކަމެއް ރައްޔިތުންނަށް ފޮރުވާނެ މީހެއް ނޫންކަމަށެވެ.