އާސަންދައިން ޔޫއޭއީ އާއި ތައިލެންޑަށް ބަލިމީހުން ފޮނުވޭނެ ތާރީހެއް މުއިއްޒަށް ވެސް ވިދާޅުނުވެވުނު! ޔޫއޭއީ އާއި ތައިލެންޑުގެ ބޭސް ފަރުވާގެ އަގު ޔޫރަޕާއި އެއްވަރުކަން މުއިއްޒަށް ނޭނގި ދެއްކުނު ވާހަކައެއް ކަމަށް ބެލެވޭ!

އިންޑިއާ އާއި ޖައްސާލުމުގެ ގޮތުން، އެމެރިކާ އިނގިރޭސި ވިލާތު އަދި ހުޅަނގުގެ ގިނަ ޤައުމުތަކުން ބޭސްވަރުވާ ހޯދުމަށް ދާ އިންޑިޔާގެ ބަދަލުގައި އަގު ބޮޑުކޮށް، އާސަންދައިގެ ހަރަދުގައި ޔޫއޭއީ އާއި ތައިލެންޑުން ބޭސްކުރުމުގެ ހިދުމަތް ދޭން ފަށާނެ ސީދާ ތާރީހެއް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ވެސް ވިދާޅެއްނުވެވުނެވެ.

މުއިއްޒަށް އެނގިވަޑައި ނުގަތަސް، ޔޫއޭއީގައި %90 އަށް ވުރެ ގިނައިން ތިބެނީ އިންޑިޔާގެ ޑޮކްޓަރުންނެވެ. އަދި ޔޫއޭއީގައި ގިނައީ އިންޑިޔާގެ ވިޔަފާރިވެރިންގެ ހޮސްޕިޓަލްތަކެވެ. ނަމަވެސް ތައިލެންޑުގައި މަސައްކަތް ކުރާ ޑޮކްޓަރުން ތަކަކީ ތައިލެންޑްގެ ރައްޔިތުންނެވެ.

ރޭ ޕަބްލިކް ސާވިސް މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި، އެ ގައުމުތަކުން އާސަންދައިގެ ހިދުމަތް ލިބޭނެ ތާރީހާ ބެހޭ ގޮތުން ކުރި ސުވާލަށް ޖަވާބު ދެެއްވަމުން އެމަނިކުފާނު ވިދާޅުވީ، އެކަމުގެ އިދާރީ މަސައްކަތްތައް ވަރަށް ބާރަށް ހިނގަމުންދާ ކަމަށެވެ.

“އުއްމީދުކުރަނީ ހަމަ މި އަހަރުގެ ތެރޭގަ ފެށިގެންދާނެ ކަމަށް، ވަރަށް ބޮޑަށް އެކަން ޓާގެޓު ކުރެވިގެންދަނީ، އެހެންވީމަ ވަރަށް އުންމީދުކުރަން މި އަހަރުތެރޭގަ ފެށޭނެ ކަމަށް،” އިތުރު ތަފުސީލަކަށް ވަޑައިނުގެން ރައީސް ވިދާޅުވި އެވެ.

ތައިލެންޑާއި ޔޫއޭއީއިން ސިއްހީ ހިދުމަތްތައް ދިވެހިންނަށް ފޯރުކޮށްދިނުމުގެ ވާހަކަ ރައީސް ފުރަތަމަ ދެއްކެވީ، ޖެނުއަރީ 13، ގައި ޗައިނާއިން ވަޑައިގެން އިންޑިއާއަށް ދެއްވި ނުސީދާ ބަހުގެ ހަމަލާތަކުގެ ތެރެއިންނެވެ.

“ހަމައެކަނި ވަކި ދިމާއެއްގައި ހުންނަ، ވަކި ގައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކަށް އެކަނި ގޮސްގެން ބޭނުންކުރެވޭ އެއްޗަކަށް ނަހަދައި، އެއަށްވުރެ ފެންވަރު ރަނގަޅު ގައުމުތަކަށް، ޔޫއޭއީ އަށާއި ތައިލެންޑަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އާސަންދަ ފުޅާކުރުމަށް،” ރައީސް އެ ދުވަހު ވިދާޅުވި އެވެ.