ހައިވޭގައި ހަރުކުރި ސޯލާޕެނަލްތައް އަވަސް އަރުވާލައިގެން ބަދަލުކުރަން އުޅެނީ މަޖިލީސް އިންތިހާބަށް ލާރި ހޯދަން: މަޖިލިސް މެމްބަރެއް

ހުޅުމާލޭ ލިންކު ރޯޑުގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް ނަގައި، އެކަމަށް ހާއްސަ ދެ ރަށަކަށް ބަދަލުކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވުމާއި ގުޅިގެން އެއީ މަޖިލިސް އިންތިހާބަށް ލާރި ހޯއްދެވުމަށް ކުރައްވާ ކަމަށް ކަމަށް ނަން ހާމަ ނުކުރުމަށް އެދި ޕީޕީއެމް މަޖިލިސް މެމްބަރަކު ދިޔަވަރު ނޫހަށް ހާމަ ކޮށްފިއެވެ.

ޕީއެންސީ އިން މަސައްކަތް ކުރަމުން ދަނީ ޕީޕީއެމް އިން ކުރިމަތިލާ ރައީސް ޔާމީނުގެ މީހުން ޕްރައިމަރީގައި ފެއިލް ކޮށްލަން ކަމަށާއި، އެކަމަށް ބޭނުންވާ ލާރި ހޯދުމަށް ހިނގަމުންދާ ޕްރޮޖެކްޓްތައް ހިންގާ ފަރާތްތަކާއި މުއީއްޒުގެ ފަރާތުން މަޝްވަރާ ކުރަމުން ދާކަމަށް އޭނާ ވިދާޅުވިއެވެ.

އަލަށް އާ ޕްރޮޖެކްޓެއް ފަށައިގަނެ، އެއިން މަޖިލީހަށް ބޭނުންވާ ވަރަށް ފައިސާ ތަކެއް ހޯދުމަށް ދަތިވެދާނެ ކަމަށް މުއީއްޒުގެ އަރިސް ފަރާތަކުން އޭނާ ކައިރީ ދެންނެވި ކަމަށާއި، އެހެންކަމުން ބަލަމުން މިދަނީ މިހާރު ހިނގަމުންދާ ޕްރޮޖެކްޓް ތަކުން ފައިސާ ހޯދުން ކަމަށް އޭނާ ދިޔަވަރަށް ކިޔައިދިނެވެ.

ހައިވޭގައި ސޯލާ ހަކަތައިގެ ނިޒާމު ގާއިމުކުރަނީ ތައިލެންޑުގެ އެންސިސް ކޯ ލިމިޓެޑް ކުންފުންޏާ ހަވާލުކޮށްގެންނެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ ނޮވެމްބަރު 2020 ގަ އެވެ. އަދި އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރު ޑިސެމްބަރުގަ އެވެ.

މި ސޯލާ ޕީވީ އިންސްޓޯލްމަންޓުން އަހަރަކު ގާތްގަނޑަކަށް 9.1 މިލިއަން ސޯލާ ޔުނިޓް އުފެއްދޭނެކަމަށް އެންވަޔަރްމެންޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެއީ ދެ މިލިޔަން ލިޓަރުގެ ޑީސަލުން އުފެއްދޭހާ ކަރަންޓެވެ. އެހެންވެ ސަރުކާރުން ތެލަށް ކުރާ ހަރަދުތަކުން އަހަރަކު 20 މިލިޔަން ރުފިޔާ ސަލާމަތްވާނެކަމަށް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.

މި ޕްރޮޖެކްޓް މާލޭގައި ފަށާފައިވާ އެއް ސަބަބަކީ މި ޕްރޮޖެކްޓް މާލޭގައި ގިނަ އަހަރުތަކަކަށް މެއިންޓެއިންކޮށް ބަލަހައްޓަށް ފަސޭހަ ވާނެތީއެވެ.