ލ.ދަނބިދޫ ފެނަކަ ބްރާންޗްގެ މެނޭޖަރު ހަސީބު ފެނަކައިން ބެޓެރީތަކެއް ވަގައް ނަގައިގެން ވިއްކަން އުޅެނިކޮށް ފަޅާއަރައިގެން ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ އެކަން ހުއްޓުވައިފިއެވެ. އެރަށު ރައްޔިތުން ވަނީ މިހާރު އެ މައްސަލަ ޕޮލިހައްވެސް ހުށަހަޅާފައެވެ.

އެހެންނަމަވެސް އެނގިފައިވާ ގޮތުގައި މިއަދާއި ހަމައަށްވެސް ފުލުހުން އެމައްސަލަ ބަލާފައެއް ނުވެއެވެ. އެނގިފައިވާ ގޮތުގައި ހަސީބަކީ އިސްދޫ ދާއިރާ މެމްބަރު އިސްމާޢިލް ޝަފީއުގެ ވަރަށް އަރިސް ފަރާތެކެވެ.

ހަސީބަކީ ކުރީގައިވެސް، ރައީސް ޔާމިނު ވެރިކަމުގަ ފެނަކަ ދަނބިދޫ ބްރާންޗުގެ އިސްމަގާމެއް ފުރާފައިވާ ފަރާތެކެވެ. އަދި 2018 ގައި ޕެޓީކޭޝްއިން ވައްކަން ކޮށްގެން 2019 ވަނަ އަހަރުވަނީ އެ ވަޒީފާއިން އޭނާ ވަކިކޮށްފައެވެ.
މިސަރުކާރު ވެރިކަމަށް އައުމަށްފަހު, މުއިއްޒު ގެންދަވަނީ ވައްކަމާއި, މަކަރާއި ހާލަތުގެ ކުށުގެ ރެކޯޑު އޮތް އެތައް ބަޔަކަށް ކުންފުނިތަކުން ވަޒީފާ ދެމުންނެވެ.






