ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނާ ސިނގިރޭޓް ވަގަށް ނަގާފައިވާ މައްސަލައިގައި ހަތަރު މީހަކު ރޭ ހައްޔަރުކޮށްފައިވާއިރު މަޝްހޫރު ވިޔަފާރިވެރިޔާ ލޮޓަސްގެ އަހުމަދު އާރިފް (އާއްޓޭ) ހައްޔަރު ކުރީ ކަސްޓަމްސްއިން ވަގަށް ބޭރުކުރި 13 މިލިއަން ސިގިރެޓް ކޮންޓެއިނަރއިން މުއިއްޒުއަށް ބައި އަޅަން ދެކޮޅު ހެދުމުންކަން ކަށަވަރު ކުރެވިއްޖެއެވެ.
“ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ލިބުނު ގޮތުގައި އެހެން ބައެއް ފަރާތްތަކާވެސް ގުޅިގެން އާއްޓޭ މި ޝިޕްމަންޓް ބޭރު ކުރީ މި ޝިޕްމަންޓް ބޭރު ކޮށްފައިވަނީ އެމްޕީއެލްގެ އިސް ވެރިންނާވެސް ގުޅިގެންނެވެ. އަދި އެމްޕީއެލްގެ އިސްވެރިން އާއްޓޭއަށް، ޝިޕްމަންޓުން މުއިއްޒުއަށާއި ޕީއެންސީއަށް ބައި އެޅުމުން އިތުރު މައްސަލައެއް ނުނިކުންނާނެކަމުގެ ޔަގީންކަން ދީފައިވާކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ. އެހެންނަމަވެސް ޝިޕްމަންޓް ވަގަށް އެމްޕީއެލް ސަރަހައްދުން ބޭރު ކުރުމަށްފަހު، ސިގިރެޓްގެ ވި
ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހަކު ފުރުން މަނާކޮށް، ބައެއް އުޅަނދުތަކާއި ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އިތުބާރު ހުރި މަސްދަރުތަކުން ވަނީ މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ ދެ ވިޔަފާރިވެރިން ހިމެނޭކަން ޔަގީންކޮށްދީފައެވެ. އެއީ ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އެވެ. ނަމަވެސް ފުލުހުން މި ދެ ބޭފުޅުންގެ ނަންތައް ރަސްމީކޮށް އަދި ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައިގައި ހައްޔަރުކުރި އިތުރު ދެ މީހުންނަކީ ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒު އަލީ އާއި އެހެން މީހެކެވެ. މުއާޒު މިހާރު ހުރީ މިފްކޯގައި ޖެނެރަލް މެނޭޖަރު، އިންޖިނިއަރިން ޕްރޮޖެކްޓްސްގެ މަގާމުގައެވެ. މި މައްސަލައިގައި ހައްޔަރުކުރުމުގެ ކުރީން މުއާޒުގެ މައްޗަށް 2018 ވަނަ އަހަރު ހިނގި 450 ސިނގިރޭޓް ކޭސް ގެއްލުވައިލި މައްސަލައިގައި ވެސް އޮތީ ދައުވާކޮށްދޭން އެދިފައެވެ. އެ މައްސަލާގައި މުއާޒު ރިޝްވަތަށް އެދުނު ކަމަށް ތުހުމަތުކުރެވެއެވެ.