ކެރޭނެއް ގަތުމަށް ކަމަށް ބުނެ، ކެރޭނު ނުގަނެ އެއަށްވާ 19 މިލިއަން ރުފިޔާ އެމްޕީއެލްއިން ކުންފުންޏަކަށް ދޫކޮށްފި އެވެ. މިކަން ހިނގާފައިވަނީ 2024 ވަނަ އަހަރު މާރޗް މަހު އެވެ.
އެމް.ޕީ.އެލް ހުޅުމާލެ ޓާމިނަލް ގައި ބެހެއްޓުމަށް ކީ ކްރޭނެއް ގަތުމަށް ބިޑަކާއި ނުލައި އެމްޕީއެލް އިން ދީފައިވަނީ ބިޒް އޭޝިއާ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށެވެ. ކެރޭނު ގަތުމަށް ކުޅަ މި މުއާމަލާތަށް، މިހާރު ދޮޅު އަހަރު ވެފައި ވާއިރު، މިހާތަނަށް މި ކެރޭނު ގެނެސްފައި ނުވެއެވެ. ބިޒް އޭޝިއާގެ ޑައިރެކްޓަރުންނަކީ އިބްރާހިމް އިޝާން އާއި އަހްމަދު ޒިޔާދު މުހައްމަދު އެވެ. އޭޝިއާ ފޯވަރޑިން ޕްރައިވެޓް ލިމިޓެޑްގެވެސް މެއިން ޝެއަރހޯލްޑަރުންނަކީ މިދެމީހުންނެވެ.
އެމް.ޕީ.އެލް އަށް ކެރޭން ގެނެވޭނެ ތާރީޚެއް ނޭނގޭކަމަށް އެތަނުން މި ނޫހަށް މައުލޫމަތް ދެއްވި ފަރާތުން ހާމަ ކުރެއެވެ. މިކްރޭން ގަތުމަށް އެޑްވާންސް ފައިސާގެ ގޮތުގައި އެކްރޭންގެ އަގުގެ %90 އަށްވާ 19 މިލިއަން ރުފިޔާ ވަނީ ބިޒް އޭޝިއާ އަށްވަނީ ދީފައެވެ. މިކަން ހިންގާފައިވަނީ، ސީ.އީ.އޯ އަކަށް މުހައްމަދު ވަޖީހު ހުރި ދުވަސްވަރު ބޯޑުމެމްބަރު ޝިޔާމް އަދި ޕްރޮކިއުމަންޓް ހެޑް ޖައުފަރު އާއި ގުޅިގެން، މި ތިން މީހުންނަށް މި ފައިސާ ބަހާލާ ގޮތަށެވެ.
ދައުލަތުގެ މާލީ ހާލަތުދަށްވެފައިވާއިރު، މިގޮތަށް ދޫކުރެވިފައިވާ ފައިސާ އަނބުރާ ހޯދުމަށް އެކަށިގެންވާ މަސައްކަތް ނުކެރެވެނީ މިފައިސާ އިން ސަރުކާރަށް ނިސްބަތްވާ ބަޔަކަށް އޭގެފައިދާ ކުރާތީކަން އެންމެންނަށް ސާފުކޮށް އެނގެއެވެ.
ސީ.އި.އޯ ވަޖީހު މަގާމުންވަކިކުރިނަމަވެސް އެމް.ޕީއެލް.އިން އޭނާ ކުރި ވައްކަމުން ނަހަމަގޮތުގައި ހޯދާފައިވާ ފައިސާ އިން ރައީސް ޔާމީންވެރިކަމުގައި ހުރި ސީ.އީ.އޯ މުހައްމަދު ޖުނައިދު ގެ އޮންދިގޯ ފިހާރަވަނީ އޭނާ ގަނެފައެވެ. ވަޖީހު މަގާމުން ވަކިކޮށްފައިވަނީ ސަރުކާރު ތެރޭގައި އަބްދުއްރަހީމް އަދުރޭގެ ބާރު ކުޑަކުރުމުގެ ގޮތުންނެވެ. ވައްކަން ކުރާތީއެއް ނޫނެވެ. މިހާރު އެމްޕީއެލް އާއި ހަވާލުވެ ހުރި ފަރާތުން ދަނީ އަދި އެއަށްވުރެ ބޮޑަށް ވައްކަން ކުރަމުންނެވެ. އޭނާ ވަނީ ގުޅިގެން މީގެ ދުވަސްކޮޅެއް ކުރިން 2 ކޮންޓައިނަރުތެރޭ ހުރި މުދާތަކެއްވެސް ގެއްލުވާލާފައެވެ.