ހުޅުމާލެ ހޮސްޕިޓަލް ނާސިގެއަކަށް ހަލީމް ހަދައިފި

ހަލީމް އަކީ އައިޖީއެމްއެޗްގެ ސީއީއޯ އެކަންޏެއް ނޫނެވެ. އޭނާ އަކީ މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސް ފަރާތްވެސް މެއެވެ. ހަލީމުގެ ދަށުން ދަރުމަވަންތަ ހޮސްޕިޓަލުގެ ޑެޕިޔުޓީ ސީއީއޯއަކަށް ހުންނަނީ ޝާހުއެވެ. މަބުރޫކު ހަވާލުވެ ހުންނަނީ ވިލިމާލެ ހޮސްޕިޓަލް އާއި އެވެ. ހުޅުމާލެ ހޮސްޕިޓަލާއި ޑެޕިޔުޓީ ސީއީއޯ ގޮތުން ހަވާލުވެ ހުރީ، ސަމާހާ އިބްރާހިމް އެވެ.

ސަމާހާއަކީ ޕީއެންސީގެ މަޖިލީހަށް ތ. ތިމަރަފުށީ ދާއިރާއަށް ކުރިމަތި ލައި ޕާޓީ ޓިކެޓް ހޯދުމުން އެފުރުޞަތު މުއިއްޒު ނުދިން ފަރާތެވެ. ބަދަލެއް ގޮތުގައި އޭނާގެ އަންހެނުންނަށް ހުޅުމާލެ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ ކަން ހަމަ ޖެއްސިއެވެ. މިހާރު ސަންޓޯއަށް ވަނީ އަންހެނުންވެސް ގެއްލުފައެވެ. މި ސަރުކާރުގެ ސަބަބުންނެވެ.

ހަލީމް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސްވެރިންނާއި އެކު ބާއްވާ ބައްދަލުވުންތަކުގައި ސަމާހާ އިބްރާހިމް ފެނި ސަމާހާއާއި ފްލާރޓްކޮށް، އޯޓީޕީއަށް ގެންގޮސްގެންނާއި، ހުޅުމާލެ ހޮސްޕިޓަލަށް އައިސް ލޯބީގެ ސަކަރާތް ފެށިއެވެ.

މިކަން ހިނގަމުން ދާކަން ހަލީމްގެ އަންހެނުންނަށް އެނގެއެވެ. ހަލީމުގެ އަންހެނުންނަކީ މިނިސްޓްރީ އޮފް ޑިފެންސްގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުރި މިޒްނާއެވެ. މިޒްނާގެ އުޅުމާއި އަޚްލާގާއި، ހަލީމް މިޒްނާ ރިޔާސީ އިންތިހާބުގައި ކެމްޕެއިނުގެ މަސައްކަތަށް ޗައިނާ އެމްބަސީގެ ގޯޅިގަނޑުގައި ހުންނަ އޯޓީޕީ ރެސްޓޯރެންޓް އޮފީހަށް ގެންދިޔުމުން އެތާގައި މިޒްނާ ޖެހި “ސަކަރަތާއި” ހިންގި ހުރިހާކަމެއް މިވަގުތަށް ބަހައްޓާނަމެވެ.

ހަލީމު އާއި، ސަމާހާގެ ލޯބީގެ ކުޅިގަނޑު ދިޔައީ ދުވަހަށް ފަހު ދުވަހަކު ބޮޑުވަމުންނެވެ. އެންމެ ފަހުން ސަމާހާއާއި އިންނާނެ ކަމުގެ ޔަގީންކަން ހަލީމު ދޭން ފަށައިފިއެވެ. އަދި ވަރިވުމަށް ސަމާހާ ދިޔައީ ފިރިމީހާ ސަންޓޯގެ ކިބައިން އެދެމުންނެވެ.

އެންމެފަހުން ސަމާހާ ކޯޓަށް ވަރިވާން ދިޔުމުން، ސަންޓޯ ވަނީ މިހާރު އޭނާ ވަރިކޮށްފައެވެ.

ކޯޓާއި ހަމައަށް މިކަން ދިޔުމުން ހަލީމުގެ އަންހެނުން މިޒްނާ، ސާޖިދާ ކައިރީ އެދިގެން ސަމާހާ މަގާމުން ވަކި ކުރުމަށް މަސައްކަތް ފެށިއެވެ. އެކަމާއި ގުޅިގެން މުއިއްޒު ވަނީ ސަމާހާ އެހެން މަގާމަކަށް މިހާރު ބަދަލުކޮށްފައެވެ.

މިއީ މިއަދު މުޅި ސޯޝަލް މީޑިޔާގައި އާންމު ވެފައިވާ ވާހަކައެކެވެ. މިފަދަ ބޮޑު ސެކްސް ސްކޭންޑްލް އެއް ހިނގައި ދިޔުމުން ދުނިޔޭގެ ކާފަރު ޤައުމުތަކުގައިވެސް ގައުމުގެ ވެރިންގެ ގޮތުގައި ތިބި ފަރާތްތައް މަގާމުން އެއްފަރާތްވެލައެވެ. ނުވަތަ އެއްފަރާތް ކޮށްލައެވެ. އިސްލާމް ކަމުގައި ސައްތައިން ސައްތަ ރާއްޖޭގައި މިކަން ކުރިއަށް މިގެންދަނީ ފާހިޝްކަމާއި ލާދީނިއްޔަތަށް މުއިއްޒު ދޭ ހިތްވަރު ފެންނަހެންނެވެ. ސަރުކާރުގެ އިދާރާއެއްގައި މިފަދަ ބޮޑެތި ފާހިޝު އަމަލު ހިންގާ މީހަކު މާލޭ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި ހަވާލުކޮށްފައި މުއިއްޒު ހުންނަ ހުރުމަކީ މުއިއްޒުގެ ކިބާގައި ދީނީ ގޮތުންނާއި އަޚްލާގީ ގޮތުން އެކަށީގެންވާ ޚުލްގެއް ނެތްކަން ދައުކުވައިދޭ ކަމެކެވެ.

ނަމަވެސް ހަލީމު މަގާމުން ވަކި ކުރަން މުއިއްޒަކަށް ކުޅަދާނެއް ނޫނެވެ. މުއިއްޒަށް އެންމެ ގިނައިން ހަރާން ފައިސާ ހޯދަދޭ އެކަކީ ހަލީމު އެވެ. ރައްޔިތުންގެ ބޭސް ފަރުވާއިން ހަލީމު ވައްކަން ކުރަނީ ވަކި ހައްދެއް ބަލައިގެންނެއް ނޫނެވެ. ކުރަމުންދާ ވައްކަމުން މުއިއްޒަށް ބަރާބަރަށް ހަލީމް ދަނީ ބައި އަޅަމުންނެވެ. މުއިއްޒަށް ކަމުދަނީ ވީހާވެސް ބޮޑަށް ދީނައި ދުރު، ފާހިޝު އަދި ވައްކަމާއި އަނިޔާވެރިކަމުގައި ހައްދުފަހަނައަޅާފައިވާ މުއިއްޒު ފަދަ ރަތްލާޖެހި ވަގުންނެވެ. ލަނޑަޔާ ވާނީ ލަނޑަޔާއަށެވެ.