ޑޮލަރުގެ ބްލެކް މާކެޓް ހިންގާ ވައިބާރ ގްރޫޕް ތަކުގައި މުއިއްޒު އާއި ސާޖިދާ ދަނީ 20.14ގެ ރޭޓުން އާންމުނަށް ޑޮލަރު ވިއްކަމުން ކަން ދިޔަވަރު ނޫހަށް ކަށަވަރު ކުރެވިއްޖެއެވެ. ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމަކީ ޤާނޫނާއި ޚިލާފު ކަމެކެވެ.
މިކަން ކުރަމުން ދަނީ އެމްއެންޑީއެފް އިން ހަމަޖައްސާފައި ހުންނަ ސާޖިދާގެ ބައެއް ބޮޑީގާޑުންލައްވައި އާއި، ދިމްޔާތުގެ ބައެއް މުއައްޒަފުން ލައްވައެވެ.
މިއީ ދުނިޔޭގައި ކަޅުބާޒުރުގައި ޤައުމެއްގެ ވެރިއަކު ޑޮލަރު ވިއްކި ފުރަތަމަ ފަހަރެވެ.
އެމްއޭސީއެލް އާއި، ރައްޔިތުންގެ އެކި ކުންފުނިތަކުންނާއި، ޑްރޯން ގަނެގެން އެއިން ލިބުނު ކަޓުންނާއި، ދައުލަތުގެ މުދަލުން އެކި އެކި ވައްކަން ކޮށްގެން މުއިއްޒު ހޯދާފައިވާ ޑޮލަރު މި ދެމަފިރިން ބްލެކް މާކެޓުގައި ވިއްކައި ރައްޔިތުން ނިކަމެތިކުރަމުން ދާއިރު، ރައްޔިތުން ތިބީ މިއަދު ގަރުދުޔާ ބަޔާއި ވެސް ނުލިބޭ ދަތި ހާލުގައެވެ. ރާއްޖެއިން ބޭރަށް ދާން ހެޔޮ އަގުގައި ބޭނުންވާ ވަރަށް ޑޮލަރު ނުލިބި، އާސަންދަ ނުލިބި ނުދެވި މާލޭގައި ފަރުވާ ދެމުން ދާއިރު ބައެއް އުމުރުން ދުވަސްވީ ފަރާތްތަކަށް އެކަށީގެންވާ ފަރުވާ ނުލިބިގެން ދަނީ މަރުވަމުންނެވެ.
ޑޮލަރުގެ މައްސަލާގައި އެތައް ސަތޭކަ ވިޔަފާރިއެއް ވަނީ އިނދަޖެހިފައެވެ. ވިޔަފާރިވެރިންނަށް ޑޮލަރު ލިބޭ ރޭޓުގައި ބޭރުންގެންނަ މުދާ ނުވިކި، ގުދަނުގައި ހުރެ، ހަދާނެ ގޮތް ބޮޑުވެ ވިޔަފާރި ކުރިއަށް ނުގޮސް އެތައް ސަތޭކަ ކުދި މެދުފަންތީގެ ވިޔަފާރިއެއް މުއިއްޒުގެ އަނިޔާގައި ވަނީ ބަންދުކޮށްފައެވެ.
އާންމު ރައްޔިތުންނަށް 70ރ އަށް ކުރިން ލިބުނު ކޮފީ 130ރ ނޫނީ މިއަދު ނުލިބެއެވެ. ތަކެތީގެ އަގު ބޮޑުވެ، މާލޭގައި ކުށްޔަށް ނޫޅެވިގެން އެތައް އެތައް އާއިލާއެއް ވަނީ ރަށަށް ހިޖުރަކޮށްފައެވެ. އެމީހުންގެ ދަރީން ކިޔެވުމުން މަހުރޫމު ކޮށްގެންނެވެ.
މިހެން މިކަން އޮއްވައި 2.5 ބިލިއަން ރުފިޔާ މުއިއްޒު ވަނީ އިއްޔެ ޕްރިންޓް ކޮށްފައެވެ. މިކަމުގެ ސަބަބުން ޑޮލަރުގެ އަގު އިތުރަށް ބޮޑުވެގެން ދާނެއެވެ.

މަތީގައި ތިވަނީ ސާޖިދާއާއި މުއިއްޒު ހަވާލު ކުރާ ޑޮލަރު ވިއްކުމަށް ވައިބާ ގްރޫޕެއްގައި އެމްއެންޑީއެފް އިން ސާޖީދާގެ ބޮޑީގާޑަކަށް ހަމަ ޖައްސާފައިވާ މަންކޭ (ޝިއުނާޒް) ޖަހާފައިވާ ޕޯސްޓެއްގެ ސްކްރީން ޝޮޓެވެ. މަހެއްގެ މައްޗަށް ގާތްގަނޑަކަށް 70،000 (ޔޫއެސްޑީ) އާއި 100،000 (ޔޫއެސްޑީ) ދެމެދު އަދަދަކަށް ޑޮލަރު ބްލެކް މާކެޓްގައި ސާޖިދާ އެކަނި މާރު ކުރެއެވެ. މި މުއާމަލާތްތައް މިހާރުވެސް އެކި އެކި ވައިބާ ގްރޫޕްތަކުގައި އެހެރީއެވެ. މީގެ އިތުރުން ދިމްޔާތުގެ މުއައްޒަފުން މެދުވެރިކޮށް އަދި އެތައް ލައްކަ ޑޮލަރެއް މުއިއްޒު މާރު ކުރެެއެވެ.
މިހާލުގައި ގައުމު އޮއްވައި، އެތައް މިލިއަން ޑޮލަރެއް ހަރަދުކޮށްގެން އިތުރު ޑްރޯންތަކެއްވެސް މުއިއްޒު ވަނީ ރާއްޖެ ގެނެސްފައެވެ. މީގައި މުއިއްޒަށް ޑޮލަރުން ލިބޭ ކަޓަށް ވާ ފައިސާ މާލެ ގެނެސް ބްލެކް މާކެޓްގައި ރުފިޔާއަށް ބަދަލުކޮށް ރައްޔިތުންގެ ވޯޓު ގަތުމަށް ޚަރަދު ކުރާނެއެވެ.
ރައްޔިތުންނަށް އިޚްލާސްތެރި ވުމަށް ﷲގަންދީ ހުވާކޮށްގެން ހުރި ޤައުމެއްގެ ވެރިއަކު ބްލެކްމާކެޓްގައި އެގައުމުގެ ރައްޔިތުންނަށް ޑޮލަރު ވިއްކައި ޑޮލަރުގެ ބްލެކް މާކެޓު ހިންގައި އެއިން ފައިދާ ނަގާނީ، ރައްޔިތުންނާއި މެދު ހާދަހައި ނުބައި އަނިޔާވެރި ވެރިއެކެވެ. ޔަހޫދީ ޒައެނިސްޓުން މުސްލިމުންގެ މައްޗަށް އޮތްހާ ނުބައިކަން މުއިއްޒު ދިވެހިރައްޔިތުންގެ މައްޗަށް ނޭދޭނަމަ ބޮޑު އަގުގައި ނިކަމެތި ރައްޔިތުންނަށް ޑޮލަރު ވިއްކާކަން ދިމްޔާތު މުއައްޒަފުންނާއި، އެމްއެންޑީއެފް އޮފިޝަލުން ނުފޮނުވާނެއެވެ. މިއީ އަނިޔާވެރިކަމުގައި ހައްދުފަހަނަ އަޅާ ދިޔުމެވެ. މިއީ ސީދާ Evil ކަމެވެ. މުއިއްޒު އާއި މުއިއްޒުގެ އާއިލާ އާއި، ޕީއެންސީ ޝުޖާޢު ފަދަ މަދު ބަޔަކު ބިލިއަނަރުންނަށް ވަމުން އެދަނީ ރައްޔިތުންގެ ފައިސާއިން ވައްކަން ކޮށްކޮށް ރައްޔިތުން ފެލައިގެންނެވެ. ހެޔޮވާނީ ކިހިނަކުންތޯއެވެ.