ބީއެމްއެލްގެ ސީއެފްއޯ މަގާމުން ވަކީވީ ގަވާއިދާއި ޚިލާފަށް މުއިއްޒު ބީއެމްއެލް އިން ފައިސާ ނަގައި، މަނީލޯންޑަރ ކުރާ މައްސަލަ ބޮޑުވެގެން

މައިގަނޑު ޚުލާޞާ:

ބޭންކް އޮފް މޯލްޑިވްސްގެ ޗީފް ފައިނޭޝަލް އޮފިސަރު ނަންދަނަ ސެނެވިރަތުނެ ކުއްލި ގޮތަކަށް މަގާމުން ވަކިވެފައި ވަނީ ރައީސް މުއިއްޒު ބީއެމްއެލް އިން ގަވާއިދާއި ޚިލާފަށް ފައިސާ ނަގަމުންދާ މައްސަލާގައި ކަން ދިޔަވަރު ނޫހަށް އެނގިއްޖެއެވެ.

ބޭންކުން ތަފްޞީލެއް ހާމަނުކޮށް މީގެ ދެ ދުވަސް ކުރިން އޭނާ މަގާމުން ވަކިވެފައިވާކަން ވަނީ އަންގާފައެވެ.

ނަންދަނަ އަކީ 11 އަހަރަށްވުރެ ގިނަ ދުވަސްވަންދެން ބޭންކުގައި މަސައްކަތްކުރި ފަރާތެކެވެ. ރައީސް މުއިއްޒުގެ ނުފޫޒުން ބޭންކުގެ ގަވާއިދު މުގުރާލައި މަނީލޯންޑަރ ކުރުމާއި، ގަވާއިދާއި ޚިލާފަށް ފައިސާ ނަގަމުންދާ މައްސަލާގައި އޭނާ ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

ބީއެމްއެލްގެ ސީނިއަރ މެނޭޖްމަންޓުގައި ތިބި ބިދޭސީންގެ ތެރެއިން އެންމެ ދުވަސްވީ މުވައްޒަފު މުއިއްޒުގެ ސަބަބުން ވަކިވެގެން ދާން ޖެހުމަކީ ބޭންކަށް ލިބުނު ފޫނުބެދޭ ވަރުގެ ގެއްލުމެވެ.

ބޭންކަށް ގެނެވުނު ބަދަލުތައް:

މިދިޔަ އަހަރު ބޭންކުގެ ސީނިއަރ މެނޭޖްމަންޓަށް ބޮޑެތި ބަދަލުތަކެއް ގެނެވިފައިވެއެވެ. ބޯޑު މެމްބަރުންތައް ވަކިކޮށް މުއިއްޒަށް ވަފާދާރު ބަޔަކު ބޯޑަށް ގެނެސްފައިވެއެވެ. މިކަން ކޮށްފައިވަނީ ބިރު ދައްކައިގެން ބޯޑު މެމްބަރުން ބަދަލުކޮށްގެންނެވެ. އަދި ބޭންކުގެ ސީއޯ އަކަށް ހުރި ފަރާތް މަގާމުން އިސްތިއުފާދީ ވަނީ ގޮސްފައެވެ. މިކަން ހިނގާފައިވަނީ ބޭންކަށް ގެއްލުންވާހެން ބޭންކުގެ ގަވާއިދާއި ޚިލާފަށް މުއިއްޒު ބީއެމްއެލްގެ މައްޗަށް އަމުރު ހިންގަން ފެށުމުންނެވެ. ބޭންކަށް މިފަދައިން އަމުރު ހިންގުމަކީ ޤާނޫނާއި ޚިލާފަށް މުއިއްޒު ހިންގާފައިވާ ޖަރީމާއެކެވެ.

އެއަށް ފަހު، އެމްއެމްޕީއާރުސީގެ އެންމެ އިސް އެއް މޭސްތިރި، އަދި އެ ކުށުގައި ހިމެނޭ ފައިސާ ބޭންކު ތެރެއިން ދޮވެދިން މަނީ ލޯންޑަރ ކޮށްފައިވާ އަދި ވަގެއް ކަމަށް މަޝްހޫރު އިބްރާހިމް ޝަރީފު މެނޭޖިންގ ޑިރެކްޓަރކަމަށް އައްޔަންކުރުމަށްފަހު، މުއިއްޒު ބޭނުންވާ ގިނަ ސިޔާސީ ބަޔަކަށް ބޭންކުން ވަޒީފާ ދީފައިވެއެވެ.

ޝަރީފު އައުމުގެ ކުރިން، ދިވެހި ރުފިޔާ ކާޑުތަކުން ބޭރު ޤައުމުތަކުންނާއި އޮންލައިންކޮށް ކުރެވޭ ވިޔަފާރި ލިމިޓް ކުރުމަށް “މާލީ ބަޣާވާތެއްގެ” ޓެގު އެޅުވުނެވެ. މިކަމުގެ ސަބަބުން ރާއްޖެއަށް އަންނަން ހުރި އެތައް ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓްތަކެއް ހުއްޓުނެވެ. މިކަން ކޮށްފައިވަނީ ވެސް މުއިއްޒުއެވެ.

މުއިއްޒުގެ ސަބަބުން ދިވެހިރާއްޖެއަށް ކުރިއަށް އޮތް 40 އަހަރުތެރޭވެސް ފޫނުބެދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ސަރުކާރުގެ ނުފޫޒާއި ބޭންކުގެ ސިޔާސަތު:

  • ބީއެމްއެލްގެ ފުރިހަމަ ކޮންޓްރޯލް މުއިއްޒު ވަނީ މިހާރު ނަގާފައެވެ. އަދި ބީއެމްއެލް އަކީ މުއިއްޒު ފައިސާ ދޮންނަން ބޭނުންކުރާ މެޝިނަކަށް ވަނީ ހަދާފައެވެ. އަދި ބޭންކުން އާންމު ރައްޔިތުންގެ ފައިސާ އެކައުންޓުން ގެއްލޭ މައްސަލަތައް ވަނީ މުއިއްޒުގެ ބާރުވެރިކަން ބޭންކަށް ފޯރުވައި ބޭންކު ސިޔާސީ ކޮށްލި ހިސާބުން 3 ގުނަ އިތުރުވެފައެވެ.

  • ސަރުކާރުގެ ސިޔާސަތުތަކަށް ބޭންކުން ވާގިވެރިވުމާ ގުޅިގެން ފާޑުކިޔުންތައް އިތުރުވެފައިވެއެވެ. މި ގޮތުން މުއިއްޒަށް އޭޓީއެމް ހުޅުވަދޭ އައްޑައަކަށް ބީއެމްއެލް ވަނީ ހަދާފައެވެ. ބޭންކެއްގެ ސިފަ ބީއެމްއެލްއިން ގެއްލި ސިޔާސީ ކުންފުންޏަކަށް ވަނީ ހަދާފައެވެ.
  • ބީއެމްއެލްއަށް ފާޑުކިޔާ ފަރާތްތަކުން ބުނަނީ ބޭންކުގެ ހިންގުން ހުންނަންޖެހޭނީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިކަމަށެވެ.

ބޭންކުން ދޭ ޖަވާބު:

  • ބީއެމްއެލްއިން ބުނަނީ ސަރުކާރުގެ ސިޔާސަތުތަކަށް އެއްބާރުލުން ދެނީ ޤައުމީ ކަމެއްގެ ގޮތުގައި ދެކިގެންނެވެ. ނަމަވެސް ގައުމީ ކަންކަން ކޮށް ދިނުމުގެ ވިޔަފާރި މެންޑޭޓެއް ކޮމާރޝިއަލް ބޭންކް ތަކަށް ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި، ދުނިޔޭގެ އުސޫލުތަކުން ލިބިގެން ނުވެއެވެ. އެހެންކަމުން މިކަމަށް އެކަށީގެންވާ ޖަވާބެއް ލިބިފައި ނުވާއިރު، މުޅި ބޭންކު މިވަނީ ސިޔާސި ހަރުގެއަކަށްވެފައެވެ. އަދި އެމްއެމްޕީއާރުސީގެ ވައްކަމުގެ އެއް މޭސްތެރި ޝަރީފު އާއި، މުއިއްޒު ގުޅިގެން ބީއެމްއެލް އަކީ މަނީ ލޯންޑަރ ކުރަމުންދާ ވައްކަމުގެ ހާއްޔަކަށް ވަނީ ބަދަލު ކޮށްފައެވެ. ގިނަ ބަޔަކު ދަނީ ބީއެމްއެލްގައި ހުރި ރައްޔިތުންގެ ފައިސާ ނަގައި އެހެން ބޭންކުތަކަށް ބަދަލު ކުރަމުންނެވެ.