ދޮގު ނުހަދާ ވަކި ކަމެއް ނެތް: ކުނަހަންދުއަށް ފުރަތަމަ ދިޔަ ރައީސް އަކީވެސް ތިމަންނާ ކަމަށް ކައްޒާބު މުއިއްޒު ބުނެފިއެވެ. އަދި އެގޮތަށް ރައީސް އޮފީހުގެ ވެބްސައިޓަށް ދޮގު ޚަބަރު ހަދައިލައި އަދި އެ ދޮގު ޚަބަރު ރަނޑު ޚަލީލުގެ އެންގުމުގެ މަތިން ޕީއެސްއެމް އިން ވަނީ ގެނެސްދީފައެވެ.
ދޮގު ޚަބަރު އުފެއްދުމާއި، ދޮގު ޚަބަރު ރައީސް އޮފީހުގެ ވެބްސައިޓްގައި ޝާއިޢުކޮށް، މުޅި ދައުލަތުގެ ކަރާމާތް ނަގާލައި ދޮގު ފެތުރުމުގައި މުއިއްޒު އަދާ ކުރަމުންދާ ދައުރަކީ ދުނިޔޭގެ ތާރީޚުގައި އެއްވެސް ވެރިއަކު މި ވަރަށް ކޮށްފައިވާ މަސައްކަތެއް ނޫނެވެ.

މުއިއްޒު އަކީ މުޅި ރާއްޖޭގައި ދިވެހިންނަށް ފެނުނު އެންމެ ދޮގު ހަދާ އަދި އެ ދޮގު ތެދުކަމަށް ދެއްކުމަށް، ޚަބަރުތަކުގައި ޖަހުވައި، އެއް ދޮގުން އަނެއް ދޮގުމަތިން ހިނގައިގެން ވެރިކަން ކުރާ އަނިޔާވެރި މީހެކެވެ.
ރާއްޖޭގެ އާންމުކޮށް މުއިއްޒަށް މިހާރު ކިޔައި އުޅެނީ ކައްޒާބެވެ. ކުނަހަންދޫ އަކީ މައުމޫނު، ވަހީދު އަދި އިބޫ އެމީހުންގެ ވެރިކަމުގައި ގޮސްފައިވާ ރަށެކެވެ. މުއިއްޒު އަކީ ދޮގު ހަދަހަދާގޮސް ނަފްސާނީ ގޮތުން ބައެއްޔެއް ޖެހިފައި ހުރި pathological lair ކަމަށް ރައްޔިތުން ބުނެއެވެ. މިވަރަށް ދޮގު ހެދުމަކީ މުސްލިމުންނަށް ނަހީ ކުރައްވާފައިވާ ބޮޑު ފާފައެއްގެ އިތުރުން މިއީ މިކަމުގެ ހުރި ނުބައިކަމުގެ ބޮޑު ކަމުން ކާފަރުންވެސް ކޮށް އުޅޭ ކަމެއް ނޫނެވެ.