މުއިއްޒު “ފައިސާ ޗާޕު ކުރަނީ” އޭ ވެސް ބުނަން ރޯހިތަކަށް ނުކެރުނު

އެމްޑީޕީ ސަރުކާރުން ކޮވިޑުން ސަލާމަށް ފައިސާ ޗާޕު ކުރުމުން އެކަމަށް މަލާމާތް ކޮށް، އިޤްތިޞާދީ އެއްވެސް އިލްމީ ހުއްޖަތެއް ނެތި އެކަމަށް ދެކޮޅު ހަދަމުން ދިޔަ ރޯހިތު (އަޒާން) މިއަދު މަޖިލީސް މެމްބަރަކަށް ހުރެމެ، ރައީސް މުއިއްޒު ފައިސާ ޗާޕު ކުރަމުންދާ މައްސަލާގައި އެކަމާއި ދެކޮޅަށް ބަހެއް ބުނެލަން ނުކެރުނެވެ.

ކުޑަމިނުން ސަރުކާރުން ޕެންޝަން އޮފީސް ބޭނުންކޮށްގެން މި ހިންގާ ޤާނޫނާއި ޚިލާފު އަމަލަކީ “ފައިސާ ޗާޕު ކުރުމޭވެސް” ބުނެލަން އޭނާ އަށް ނުކެރުނެވެ.

ސަރުކާރުން މިއަދު 2.5 ބިލިއަން ރުފިޔާ ޗާޕު ކުރާއިރު ފައިސާ ޗާޕު ކުރަންޖެހޭ ފަދަ މާހައުލެއް ނެތެވެ. ރާއްޖެ މިއޮތީ އިޤްތިޞާދީ ކާރިސާއެއްގެ ތެރޭގައި ނޫނެވެ. ކޮވިޑް ފަދަ ހާލަތެއްގައި ނޫނެވެ.

މި ފައިސާ ޗާޕު ކުރުމުގެ ސަބަބުން ކުރިއަށް އޮތް ދެތިން މަސްތެރޭ ފައިސާގެ އަގު 21ރ އާއި 25ރ އާއި ދެމެދަށް ވެއްޓޭނެއެވެ.

އަޒާން އަކީ ޗައިނާއިން ފައިސާ ނަގައިގެން ރާއްޖެ އާއި އެންމެ އަވަށްޓެރި އިންޑިޔާއާއި ދެކޮޅަށް ދޮގު ކެމްޕެއިނެއް ހިންގައި އެތައް ހާސް ރައްޔިތުންނެއް މަގުފުރައްދާފައި ހުރި ނުބައި މީހެކެވެ. އެމްޑީޕީ ސަރުކާރަށް ތުހުމަތު ކޮށް އޭރު އަޒާން ދެއްކި ހުރިހާ ވާހަކަ ތަކަކީ ދޮގު ކަން މި ސަރުކާރު އައިސް ނު ހޯދުނު ކަނޑާއި، ނުފެނުނު އިންޑިޔާ ސިފައިންނާއި، ބަދަލެއް ނައި UTF ޕްރޮޖެކްޓުން ސާފުވެގެން ދެއެވެ. އަދި އެއިން އެއްވެސް ވާހަކައެއް ދިފާޢު ކޮށް މިއަދު ބުނާނެ އެއްވެސް އެއްޗެއް ނެތެވެ.

ތުރުކީ އާއި ޗައިނާއިން ރާއްޖޭގެ އިހްތިސާސުގައި ހިންގަމުންދާ ރާއްޖޭގެ މިނިވަންކަމަށް އަސަރު ކުރާހެން ކުރަމުންދާ ކަންކަމާއި މެދު އެއްވެސް ބަހެއްވެސް މީނާ ބުނެލާފައި ނުވެއެވެ. އައްޑޫ ގިނަ ބަޔަކު އަޒާން ސިފަކުރަނީ މިހާރު ކައްޒާބެއް ގޮތުގައެވެ.