އައްޑޫ ރިފަރަންޑަމަކީ އައްޑޫ ސިޓީ ރައްޔިތުން ބޭނުންވެގެން ނަގާ ރިފަރަންޑަމެއް ނޫނެވެ. އައްޑޫގެ %99 ރައްޔިތުންނަށް މިވާން އުޅޭ ގޮތެއްވެސް ނުވެސް އެނގެއެވެ. އައްޑޫ ރިފަރަންޑަމަކީ ހޯމް މިނިސްޓަރ އިހްސާން އާއި އޭނާގެ އާއިލާގެ ޒާތީ މުއްސަނދިކަމާއި އައްޑޫގެ މައްޗަށް އޮތް ކޮންޓްރޯލް އިތުރު ކުރުމަށް ހިންގާ ޖަރީމާއެކެވެ.
އައްޑޫ ސިޓީ ކައުންސިލުގައި އޮތް ބާރުތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން، އިހުސާނުގެ އާއިލި މުއްސަނދި ކަން އިތުރުކުރެވެން ނެތުމުން، އެކަން ކުރުމަށް ބޭނުން ވެގެން އެ ބާރުތައް ނެގުމެވެ. މިކަމުގައި އިތުރު އެއްވެސް ކަމެއް ނެތެވެ. މިކަމަށް މިލިއަނުން އެއާއިލާއިން ހަރަދުކޮށް، ސަރުކާރުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކޮށް ވަޒީފާއަށް ވޯޓު ގަންނަމުން އެދަނީ ސީދާ އެހެންވެއެވެ. މާލީ ގޮތުން އިހްސާނަށް ލިބެން އޮތް ބާރާއި މުއްސަނދިކަން ބޮޑުކަމުންނެވެ. އަމިއްލަ އެދުން ބޮޑު ކަމުންނެވެ.
މި ވޯޓުން ކާމިޔާބު ވެއްޖެ ނަމަ އައްޑޫ ސިޓީގެ އަވަށްތަކެއްގެ ގޮތުގައި އޮތް ފޭދޭ އާއި ހުޅުދޫ އާއި މީދޫގައި ވަކި ރަށު ކައުންސިލުތަކެއް އުފެއްދިގެން ދާނެއެވެ. އަދި މި ކައުންސިލްތަކަށް އިހްސާނުގެ ޕަޕެޓުން ލެވޭނެއެވެ. އަދި މި ރަށްރަށުގައި ވާ ގުދުރަތީ މުއްސަނދިކަން ރައްޔިތުންގެ އަތުން ފޭރިގަނެ، އައިބީ އާއި އިހުސާނު އާއި ގުޅުންހުރި ކުންފުނިތަކަށް 50 އަހަރުުގެ މުއްދަތަށް ބިމާއި ފަޅާއި އެފަދަ އެނޫން ވަސީލަތްތައް ދޭނެއެވެ. އަދި ރަށުކައުންސިލްތަކަށް ވަޒީފާއަށް ބޭނުންވާ ނާގާބިލު މީހުން ނަގައި އައްޑޫ އަށް ލިބެން އޮތް ކައުންސިލް ބަޖެޓުގެ ޖުމްލަ އަދަދު މަދުކޮށް އޭގެ ބައެއް މި ރަށްރަށަށް ވަކިން ކަނޑައަޅައި، އެ ފައިސާ ބޭނުން ބަޔަކަށް ޕްރޮޖެކްޓް ދިނުމާއި، އެއިން ވަޒީފާ އުފެއްދުމާއި، އިހުސާނުގެ އާއިލީ ވިޔަފާރި ފުޅާ ކުރުމަށް މިލިއަނުން ޚަރަދު ކުރެވިގެން ދާނެއެވެ. އަދި މިކަމުގެ ތެރޭގައި އައްޑޫގެ ކައުންސިލް އިންތިހާބު ޕީއެންސީއަށް ކާމިޔާބު ކުރުމަށް ވެސް މަސައްކަތް ކުރާނެއެވެ.
ރައްޔިތަކަށް ވާނެ އެއްވެސް ފައިދާއެއް މިކަމަކުން ނޯންނާނެއެވެ. މިއީ ދިގު މުއްދަދަކަށް އިހްސާނުގެ ކޮންޓްރޯލް މި ރަށްތަކުގެ މައްޗަށް ފޯރުވުމަށް ހިންގާ ސިޔާސީ މަކަރުވެރި އަޔަހޫދީ ޒައެނިސްޓް ހަރަކާތެކެވެ. ފޭރުމުގެ ހަރަކާތެކެވެ. ރައްޔިތުންގެ ވޯޓަކުން މިކަން ކުރިއަސް މި ވޯޓުގެ ސައްހަ ކަމެއްވެސް ކަށަވަރު ކުރެވޭކަށް ނޯންނާނެއެވެ. މިއީ ރާއްޖޭގެ 3 ރަށެއް، ނުވަތަ އައްޑޫގެ ބައެއް ކަނޑައެޅިގެން ވަކި ބައެއްގެ މަންފާއަށް ނާޖާއިޒު ގޮތުގައި މުއްސަނދި ވުމަށް ފޭރިގަންނަ ގަތުމެކެވެ.
މިކަމުގައި ބައިވެރިވާ އެންމެންނަކީ އައްޑޫ ރައްޔިތުންނަށް ޚާއިނުވާ ނުބައި ބައެކެވެ.
އައްޑޫގެ މިރަށްތަކުގައި ހުރި ދަތިތަކަކީ ރަށު ކައުންސިލެއް އޮވެގެން ހައްލުވާނެ ކަމެއް ކަމަށް މައި ސަރުކާރުން ބުނުމަށްވުރެ ބޮޑު ޖޯކެއް ނޯންނާނެއެވެ. ސަރުކާރުން ބޭނުންނަމަ، މި ނިމިދާ 2 އަހަރު ތެރޭ އެކަންކަމަށް ހައްލު ގެންނަން އެއްވެސް ދައްޗެއް ނޯންނާނެއެވެ. ނަމަވެސް ފޭދޫ އާއި ހުޅުދޫ އާއި މީދޫ ރައްޔިތުންނަކީ މުއިއްޒުގެ ސަރުކާރަށް އެއްވެސް ވަރަކަށް މުހިންމު ބަޔަކަށް ނުވާތީ އެކަންކަން ހައްލު ކުރަން އެއްވެސް މަސައްކަތެއް ކުރަން ބޭނުން ނުވީއެވެ. ހައްލު ނުކޮށް ހުރި ހަމަ އެ މައްސަލަތައް ދައްކައިގެން މިކަމުގެ ހައްލަކީ ރަށު ކައުންސިލެއް އުފެއްދުމޭ ކިޔައި އެ ރަށްރަށުގެ ރައްޔިތުންނަށް ވަސްވާސް ދިނުމަށްވުރެ ވަކި ބޮޑު އޮޅުވާލުމެއް ނޯންނާނެއެވެ.
ތަކެތީގެ އަގު ބޮޑުވެ، ރައްޔިތުން މި ރަށްރަށުގައި ފަގީރުވެގެން އުޅެނީ ސީދާ ރައީސް މުއިއްޒުގެ ޑޮލަރު ސިޔާސަތުގެ ސަބަބުންނެވެ. އެންމެ ފަހުން މިދިޔަ ހަތްފާތާގައި ގެނައި 3 ޑްރޯން ނުގެނެސް އެ ފައިސާ އައްޑޫގެ މި ތިން ރަށުގެ މައްސަލަތައް ހައްލު ކުރުމަށް ޚަރަދު ކުރިނަމަ އެކަން މިހާރު ހުންނާނީ ހައްލުވެފައެވެ. އެއީ އެހާ ފަސޭހަ ކަމެކެވެ. ނަމަވެސް މި ސަރުކާރުގެ ވެރިންނަށް އެމީހުންގެ އަމިއްލަ މުއްސަނދިކަން ފިޔަވައި އިތުރު އެއްވެސް ކަމެއް މުހިންމެއް ނޫނެވެ. ކަންކަން ނުކުރެވިގެން އުޅެނީ އެހެންވެއެވެ.
މިކަމަށް ކެމްޕެއިން ކޮށް ރިޝްވަތުދީ ވަޒީފާއަށް ވޯޓު ވިއްކުމަށް އައިބީ އާއި، އިހްސާން ދަނީ މިވަގުތު އައްޑޫގައި ހަރަކާތްތެރިވަމުންނެވެ.
އެހެންކަމުން އައްޑޫ ރިފަރަންޑަމަކީ ސްކޭމެކެވެ. އެންމެ އާއިލާގެ މުއްސަނދިކަމަށް މުޅި އައްޑޫ ވީރާނާ ކޮށްލަން ހިންގާ މަކަރުވެރި ހީލަތްތެރި ރޭވުމެކެވެ. މިކަމުގެ ނަތީޖާއަކަށް ވެގެން ދާނީ އައްޑުގެ ވަކި ރަށެއް ނެތި، މުޅި އައްޑޫއަށް ނިކަމެތިކަމާއި، އިތުރު ދަތިތައް ކުރިމަތިވެ، އައްޑޫ ބައިބައިވެ ހަލާކުވުމެވެ. ނަމަވެސް އިހްސާން އިތުރަށް މުއްސަނދި ވެލާނެއެވެ.