އާޒިމާގެ އަތްދަބަސް އުފުލަން އުޅުނު ފައިސަލް ހައިކޯޓު އިސް ފަނޑިޔާރަށް އައްޔަން ކުރުމާއި އެކު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން ފަށައިފިއެވެ. އޭނާއާއި ގާތް ގުޅުން އޮންނަ ފަރާތްތައް ބޭނުންވާ ގޮތަށާއި، އޭނާ އަށް ރިޝްވަތު ދޭ ފަރާތްތަކާއި އެއްކޮޅަށް އިންސާފުން އެއްކިބާވެ މައްސަލަތަކުގެ ރަޢުޔަ ނެރުމަށް ޤާޒީންނަށް ދަނީ މަޖުބޫރު ކުރަމުންނެވެ.
ފަނޑިޔާރުކަމަށް އިސްކޮށްފައިވާ ފައިސަލް އަކީ އެއްވެސް ވަރަކަށް ޤާނޫނީ ދާއިރާގައި މަސައްކަތް ކުރި ފަރާތެއް ނޫނެވެ. އޭނާ ކުރިހާވެސް ކަމަކީ އާޒިމާ ޝުކޫރުގެ އަތްދަބަސް އުފުލުމެވެ. އޭނާ ކޯޓަށް އައްޔަން ކޮށްފައިވަނީ ސިޔާސީ ގޮތުންނެވެ. އިލްމެއް، އިހްލާސްތެރި ކަމެއް، އިންސާފެއް ނަޒާހަތްތެރިކަމެއް އެއްވެސް ވަރަކަށް ހުރި މީހެއް ނޫނެވެ.
ސިޔާސީ ގޮތުން ފައިސަލް މަސައްކަތް ކުރަމުން ދިޔައީ ރައީސް ޔާމީން އުފެއްދި ޕީއޭގައެވެ. ޕީއޭގައި ސިޔާސީ މަސައްކަތް ކުރުމުގައި އުޅެފައި، ދެން އޭނާ ސީޔާސީ ގޮތުން ޖޭއެސްސީއަށް އައްޔަން ކުރިއެވެ. އެއީ ފަނޑިޔާރުންގެ މައްޗަށް ނުފޫޒު ފޯރުވުމަށެވެ. ދެން ދުވަސްކޮޅަކުން ފާޅުވީ ފަނޑިޔާރެއް ގޮތުގައެވެ. މިހާރު ހުރީ ހައި ކޯޓުގެ އިސް ފަނޑިޔާރެއް ގޮތުގައެވެ. އިންސާފާއި، ރައްޔިތުންގެ މައްޗަށް އޮތް ހައްޤެއް ހަމައެއް މީނާ އެއްވެސް ވަރަކަށް ޤަބޫލެއް ނުކުރެއެވެ.
މީނާގެ ކޮރަޕްޝަނާއި، މީނާ އިސްވެ ހުރެ ކޯޓަށް ނުފޫޒު ފޮނުވާކަން ސަރުކާރަށް އެނގެއެވެ. ނަމަވެސް މި ސަރުކާރަށް ރަނގަޅީ ވީހާވެސް ކޮރަޕްޓު ނުބައި ފަނޑިޔާރުންނެވެ.