މާލޭ ހޮސްޕިޓަލްތަކުގެ ވެރިޔާ ހަލީމް އޮފީސް ތެރޭ ވޭޕް ބޯތީ މުވައްޒަފުންގެ ޝަކުވާ ބޮޑުވެއްޖެ

ރައީސް މުއިއްޒުގެ ދަރިއަކު ވޭޕް ބޮއެގެން ޤާނޫނަކުން ވޭޕް މަނާކޮށްފައި ވަނިކޮށް، މާލޭ ސަރަހައްދުގެ ހޮސްޕިޓަލްތަކުގެ ސީއީއޯ އަކަށް އައްޔަން ކޮށްފައިވާ ހަލީމު އޮފީސްތެރޭގައި ވޭޕް ބުއިމުގެ މައްސަލަ އާންމު އުނދަގުލަކަށް ވެއްޖެއެވެ.

ފުރަތަމަ ކަމަކަށް ރާއްޖޭގެ އެންމެ ބޮޑެތި ހޮސްޕިޓަލްތަކާއިހަވާލުވެހުރި މީހާ އާންމުކޮށް މުއައްޒަފުންނަށް ފެންނަހެން ވޭޕް ބުއިމަކީ ޤާނޫނަށް އެއްވެސް ހުރުމަތެއް ނުހިތާކަމާއި، އަދި މުއިއްޒުގެ ސަރުކާރުން ގެންނަމުންދާ މިފަދަ ޤާނޫނީ ބަދަލު ތަކަކީ ޤަބޫލު ކުރަން ނުޖެހޭ ދޯހަޅި އުސޫލުތަކެއް ކަމަށް އަމަލުން އޭނާ ދައްކައިދޭ މެސެޖެކެވެ.

އާންމު ރައްޔިތުން ވޭޕް ބޮއެގެން ޖޫރީ މަނާ ކުރާއިރު މުއިއްޒުގެ ސަރުކާރުގެ މިފަދަ އެއްވެސް ވެރިއަކު ވޭޕް ބޮއެގެން ޖޫރީ މަނާ ނުކުރެއެވެ. ވޭޕް ރާއްޖެއަށް އެންމެ ގިނައިން ވަގަށް އެތެރެ ކުރަނީ ސަރުކާރު ވެރިންނެވެ. މިކަން ފުލުސް އޮފީހަށް ވެސް ސާފުކޮށް އެނގެއެވެ. ނަމަވެސް މިއިން މީހަކަށް ފިޔަވަޅެއް އަޅައި، ޖޫރިމަނާ ކުރެވޭނެ ގޮތެއް ނެތެވެ. އިންސާފެއް ނެތެވެ. ދެރަ މީހާއަށް މުއިއްޒު ހަދަނީ ދެރަގޮތެވެ.

ހަލީމް ވޭޕު ބޯ ވާހަކަ އެ އޮފީހުގެ ސްޓާރފުން ދަނީ ދައްކަމުންނެވެ. ހަލީމް ވޭޕް ބޮނީ ސިއްރަކުން ނޫނެވެ. އަދި އެއިން ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށް އޮފީސް ތެރޭގައި ދަނީ ސީދާ ގޮތުން ގެއްލުން ވަމުންނެވެ. އަނެކާއަށް އެއްވެސް އަދަބު އިޚްތިރާމެއްވެސް ހަލީމެއް ނުކުރެއެވެ. މުއައްޒަފުން ތިބެނީ މިވާހަކަ ދައްކަން ބިރުންނެވެ.

ހަލީމް މީގެ ކުރިން އެމްޓީސީސީ، އެމްޕީއެލް އަދި އާރުޑީސީގައި ހުރި އިރު، ދުންފަތުގެ އިސްތިއުމާލު ކުރުމަށް ވަކި ތަނެއް އެތާގައި ހަލީމަށް ހަދާފައި ހުރެއެވެ. ނަމަވެސް އޭރުވެސް ޤާނޫނު އޮތްގޮތުން ސަރުކާރުގެ އެއްވެސް އޮފީހެއްގެ ތެރޭ ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ޤާނޫނީ ކުށެކެވެ.

ޤާނޫނަށް ތަބާނުވާ، އަދި ރާއްޖޭގެ ހުރި އެންމެ ބޮޑު ހޮސްޕިޓަލުގައި، ސިއްހީ ފަރުވާއާއި ގުޅުންހުރި މުއައްޒަފުންނަށް ގެއްލުންވާހެން ވޭޕް ބޯ މީހަކު މާލޭ ގްރޫޕް އޮފް ހޮސްޕިޓަލް ތަކުގެ ސީއީއޯއަކަށް ބެހެއްޓުމަކީ ބޮޑު ޖޯކެކެވެ.