މަތިންބައިން ޖެހިގެން މުއިއްޒުގެ އިސްތިގުބާލަށް ލ.މާވަށަށް އަދުރޭ ދިޔުމުން މުއިއްޒު އަންގައިގެން އަދުރޭ އެރަށުން ބާލައިފި

ރައީސް މުއިއްޒު ލ އަތޮޅަށް ކުރައްވަމުން ގެންދަވާ ހާއްސަ ދަތުރުފުޅުގައި، މިއަދު ލ. މާވަށަށް ވަޑައިގަންނަވާތީ ރައީސް މުއިއްޒުގެ އިސްތިގްބާލުގައި ހުންނެވުމަށް ލ. މާވަށަށް އަދުރޭ ދިޔުމުން، ރައީސް މުއިއްޒު އަންގައިގެން އަދުރޭ އެރަށުން ބާލައިފިއެވެ.

ލ. މާވަށުން ދިޔަވަރު ނޫހަށް މައުލޫމާތު ދެއްވަމުން ހާމަ ކުރި ގޮތުގައި، ލ. މާވަށަށް އަދުރޭ އައީވެސް އަމިއްލަ އަށެވެ. ސަރުކާރުން ރައީސް މުއިއްޒު ހަމަޖައްސަވާފައިވާ ޑެލިގޭޝަން ތެރޭގައި ނޫނެވެ. އަދި ރައީސް މުއިއްޒުގެ އެޑްވާންސް ޓީމަކުވެސް ނޫނެވެ.

ލ އަތޮޅަކީ އަދުރޭ އަށް ހާއްސަ އަތޮޅެކެވެ. ޕީޕީއެމް ޕީއެންސީގެ ހުރިހާ ކެމްޕެއިން ތަކެއްގައި ލ. އަތޮޅަށް ކުރާ ހުރިހާ ދަތުރެއްގެ އާރުކާޓީއަކަށް އެންމެ އިސްވެ ހުންނަނީ އަބަދުވެސް މީގެ ކުރިން އަދުރޭއެވެ.

އަދުރޭ ލ. މާވަށަށް އައުމާއި އެކު، އެ ރަށުން ފައިބާގެން ދިޔުމަށާއި، އަދި މުއިއްޒު އަންނަން ވާއިރަށް ރަށުގައި ހުރެގެން ނުވާނެ ކަމަށް އަދުރޭ އަށް ވަނީ ރައީސް މުއިއްޒުގެ ފަރާތުން ވަގުތުން އަންގާފައެވެ.

އެހެންކަމުން އަމިއްލަ އަށް ލޯންޗެއް ކުއްޔަށް ހިފައިގެން އަދުރޭ ވަނީ މިހާރު ލ. ފޮނަދޫއަށް ގޮސްފައެވެ.

އަދުރޭ އަކީ ހިތުގެ ބަލި ހުންނަ މީހެކެވެ. މީގެ ކުރިންވެސް އޭނާ ވަނީ މުއިއްޒު އަމަލު ކުރެއްވި ގޮތަކުން އެނބުރުން އަރައިގެން ވެއްޓި އައިޖީއެމްއެޗުން ފަރުވާ ހޯދަން ޖެހިފައެވެ. އެފަހަރު ރައީސްގެ ގެކޮޅުގައި ބޭއްވި ބައްދަލުވުމެއްގައި މާދުރުގައި މަޖިލީސް މެމްބަރުންނާއި ވަކިން ބަހައްޓަވައި ވާހަކަ ނުދައްކައި ސައްލާ ނިންމާލުމުން އަދުރޭއަށް ގޮތެއް ވެގެން ވެއްޓުނީއެވެ.