އަދުރޭ ލ. ފޮނަދޫގައި މުއިއްޒުގެ ދަތުރުގައި

މާވަށުން އަދުރޭ ބޭލި ވާހަކަ ފަޅާ އަރުވާލުމުން ލ އަތޮޅުގެ ބާކީ ރަށްރަށަށް އަދުރޭ ގެންގޮސްފި

މާވަށުން އަދުރޭ ބޭލި ވާހަކަ ފަޅާ އަރުވާލުމުން ލ އަތޮޅުގެ ބާކީ ރަށްރަށަށް އަދުރޭ ގެންގޮސްފި ކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ.

ލ. މާވަށުން ފޭބުމަށް އަދުރޭ އަށް މުއިއްޒުގެ ފަރާތުން އެންގުމުން، އަމިއްލަ އަށް ލޯންޗެއް ހިފައިގެން އަދުރޭ ދިޔައީ ލ. ފޮނަދޫއަށެވެ. އަދުރޭ ނިސްބަތް ވަނީ ފޮނަދޫ ދާއިރާއަށެވެ.

ދިޔަވަރުން ޖެހި ޚަބަރާއި ގުޅިގެން ފޮނަދޫގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި އަދުރޭ ވަނީ ބައިވެރި ކޮށްފައެވެ. އަދި ފޮނަދޫގައި ވާހަކަ ދެއްކުމަށްވެސް އަދުރޭ އަށް ފުރުޞަތު ދީފައިވެއެވެ. ނަމަވެސް މިކަން ކޮށްފައިވަނީ އިތުރު މީޑިޔާތަކުން މިވާހަކަ ގެނެސް އަދުރޭ ބައިވެރި ނުކޮށް ލ އަތޮޅަށް ކުރި ދަތުރު ނިންމާލައިފި ނަމަ، މުއިއްޒު އާއި މެދު އުފެދިދާނެ ނުތަނަވަސްކަމަކުން ސަލާމަތް ވުމަށް ކަމަށް ޚަބަރު ލިބެއެވެ.

ލ. ފޮނަދޫގެ އިތުރުން އަދުރޭ ވަނީ ލ. މާމެންދޫއަށާއި، ލ. ކައްދޫ އަށާއި، ލ. މާބައިދޫ އަށް ގެންގޮސްފައެވެ. މާވަށުން އަދުރޭ ބޭލި ޚަބަރު ޖެހުމުގެ ކުރިން، އަދުރޭ ލ. އަތޮޅަށް މުއިއްޒު ވަޑައިގެންނެވި އެއްވެސް ރަށަކަށް އަރުވާފައި ނުވެއެވެ. މި ގޮތުން ލ. މާވަށް، ލ. ހިތަދޫ، ލ. ކުނަހަންދޫ އަށް އަދުރޭ ގެންގޮސްފައެއް ނުވެއެވެ.