ބޭރު މީހުންގެ މިނިވަންކަމަށް އަރައިގަތުމަށް ރައީސް މުއިއްޒު އިއުލާނު ކޮށްފައިވާ، ރޭސިސްޓް ސިޔާސަތުގެ ސަބަބުން ކުށެއް ނެތް ބޭރު މީހުންނަށް ދިމާވެފައިވާ ބިރުވެރި ހާލަތާއި ގުޅިގެން ފަތިސް ނަމާދަށް ޖަމާއަތަށް ދާން އެމީހުން ބިރު އުޅޭ ކަމާއި އަދި ބައެއް މީހުން ފަތިސް ނަމާދަށް ޖަމާއަތަށް ދިޔުން ހުއްޓާލައިފިކަން ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ.
ފަތިސް ނަމާދަށް ދިޔުން ހުއްޓާލާފައިވަނީ 12 އިން 6 އަށް ބޭރު މީހަކު މަގުމަތިން ފެނިއްޖެނަމަ، ބަލައި ފާސް ކުރަން މުއިއްޒު އެންގުމުންނެވެ. ޝައްކު ކުރެވޭ ހާލަތެއް މެދުވެރިވެގެން ނޫނީ ފުލުހުން ބަލައި ފާސް ކުރުމަކީ އެއްވެސް ތަނެއްގައި ކުރާ ކަމެއް ނޫނެވެ. އަދި މިއީ އިންސާނީ ހައްޤުތަކާއި ބައެއްގެ މިނިވަންކަމަށް އަރައިގަންނަ ގަތުމެކެވެ.
މިއީ މާތްﷲ އިސްލާމް ދީނުގައި ކަނޑައެޅިގެން ނަހީ ކުރައްވާފައިވާ ކަމެކެވެ. މިގޮތަށް އެހެން އިންސާނުންނަށް ދަތިކޮށް، އަނިޔާވެރިވެ އުޅުމަކީ ފާފަވެރި އަދި އެހާމެ ނުބައި އަމަލެކެވެ. ކާފަރަކަސް މުސްލިމަކަސް، މާތްﷲ އަންގަވާފައިވަނީ އަދުލުވެރި ވުމަށާއި، ހަމަހަމަ ކަމާއި އެކު މެނުވީ އެބައި މީހުންނާއި މެދު ކަންކަން ނުކުރުމަށެވެ.
ރައީސް މުއިއްޒު އިސްލާމް ދީނުގައި ނަހީ ކުރައްވާފައިވާ، ވައްކަމާއި، ދޮގު ހެދުމާއި، ރައްޔިތުންގެ ހައްޤު އެކި ގޮތް ގޮތުން ނިގުޅައިގަތުމުގެ އިތުރުން މިވަނީ ބޭރު މީހުންގެ އަސާސީ ހައްޤަކަށް އަރައިގަނެފައެވެ. މުއިއްޒުގެ އަނިޔާވެރިކަމުގެ ބިރަށް ނަމާދަށް ނުދެވިފައިވާ ފަރާތްތަކަށް ކުރިމަތި ވެފައިވާ ހާލަތުން މުއިއްޒަށް ފާފަ ލިބޭނެއެވެ.





