“24 މިލިއަން ރުފިޔާގެ ދޫނި” ގެ ނަން ސޯޝަލް މީޑިޔާގައި މުއިއްޒުގެ ކޮއްކޮއަށް

2.4 މިލިއަން ރުފިޔާގެ ލޯނެއް ވިޔަފާރި ވެރިއެއްގެ އަތުން ލިބުނު ކަމަށް ބުނާ މައްސަލަ މީޑިޔާގައި ފެންމަތި ވެފައި ވަނިކޮށް ރައީސް މުއިއްޒުގެ ކޮއްކޯ ފުޅަށް “24 މިލިއަން ރުފިޔާގެ ދޫނި” ނަން ފޭސްބުކް ގްރޫޕް އަކުން ދީފިއެވެ. އަދި މިނަން ސޯޝަލް މީޑިޔާގައި ހިނގައިފިއެވެ.

ސައުދާގެ އެކައުންޓަށް މިލިއަނުން ނަގުދު ފައިސާ ޖަމާކުރި މައްސަލަ މަރުކަޒީ ބޭންކް (އެމްއެމްއޭ) އަށް ފްލެގްވެފައިވެއެވެ. ނަމަވެސް މި މައްސަލަ ބެލުން މުއިއްޒު އަންގައިގެން ވަނީ ހުއްޓުވާފައެވެ.

މި މައްސަލައާ ގުޅޭގޮތުން ސައުދާއާ ސުވާލު ކުރުމުން، އޭނާ ވަނީ އެ ފައިސާ އެކައުންޓަށް ޖަމާކުރި ކަމަށް އެއްބަސްވެފައެވެ.

“އާދެ، ވިޔަފާރިވެރިއަކު އަތުން ނެގި ސްޓޫޑެންޓް ލޯނެއް އެއީ. ކަމާ ގުޅޭ ހުރިހާ ލިޔުމެއް ވާނީ ބޭންކަށް ހުށަހަޅައިފަ،” ޓެކްސްޓް މެސެޖަކުން ޖަވާބު ދެއްވަމުން ސައުދާ ވިދާޅުވިއެވެ.

ސައުދާއަށް 24 މިލިއަން ރުފިޔާގެ ދޫނީގެ ނަން ދެވުނު ދެވުމުން ރަމްޒު ކޮށް ދެނީ ރައީސް މުއިއްޒު އާއި އެމަނިކުފާނުގެ އާއިލާ ކޮރަޕްޝަނާއި ވައްކަމާއި ރައްޔިތުންގެ ފައިސާ ފޭރަމުންދާ މިންވަރެވެ.