ހިލާލީގެއަށް އަދި ބަދަލު ނުވާ ކަމަށް ވިދާޅުވި އިރު، ވެރިކަމުގެ ހުވާ ނުކުރަނީސް ސެމްބެ ވަނީ ހިލާލީގެއަށް ބަދަލުވެފައި! ހިލާލީގެއަށް ބަދަލު ނުވާކަމަށް ސެމްބެ ބުނެފައި ވަނީ މުއިއްޒު އަންގައިގެން!

ނައިބް ރައީސްގެ ހައިސިއްޔަތުން އަދި ހިލާލީގެއަށް ބަދަލު ނުވާކަމަށް ސެމްބެ މިހާރު ނޫހަށް މައުލޫމާތު ދެއްވާފައި ވީނަމަވެސް، ވެރިކަމުގެ ހުވާ ކުރުމުގެ ހަފްތާއެއް ކުރިން ސެމްބެ ވަނީ ހިލާލީ ގެއަށް ބަދަލުވެފައެވެ.

ހިލާލީގެއިން ނުކުމެ، ހުޅުމާލެ އެޕާރޓްމެންޓަކަށް ސެމްބެ މިހާރު ބަދަލުވެފައިވާއިރު، ހިލާލީގެ މަރާމާތް ކުރަމުން ދާތީ އެތަނަށް އަދި ދިރިއުޅުން ބަދަލު ނުކުރާ ކަމަށް ބުނެ، ސެމްބެ އިތުރުފުޅު ހެއްދެވީ މުއިއްޒު ސެމްބެ އަށް ފާރަލަމުން ދާ ވާހަކަ އާންމުންގެ މެދުގައި ދެއްކުން އިތުރުވެ، ސެމްބެ އާއި މެދު ކަންކަން ކުރައްވާ އިހާނެތި ގޮތާއި މެދު، ސެމްބެ ނިސްބަތްވާ، މާލޭގެ އެންމެ ބޮޑު ގޭންގުން ކަންބޮޑުވުން ފާޅު ކޮށްފައިވަނިކޮށެވެ.

އަދި މެގޭންގުން ރާވައިގެން، ސެމްބެ އަޑީގައި ހުރެ، މުއިއްޒު އާއި ދެކޮޅަށް މާލޭގައި މުޒާހަރާއެއްވެސް ރޭވިއެވެ. އެދުވަހު، ޕްރޮޓަކޯލާއި ޚިލާފަށް، ނައިބް ރައީސްގެ ސެކިއުރިޓީއަށް އެންގުމަކާއި ނުލައި، ނައިބް ރައިސް ސެމްބެ ވަނީ ކުއްލިއަކަށް އާރަށަށް ގެންގޮސްފައެވެ. ސެކިއުރިޓީ ޕްރޮޓަކޯލްތަކާއި ޚިލާފަށް ނައިބް ރައީސް ސެމްބެ އާރަށަށް ކުއްލިއަކަށް މުއިއްޒު ގެންދިއުމުން އެކަމުގެ ނުތަނަވަސްކަން އެމްއެންޑީއެފް ތެރޭގައި އުފެދުނެވެ.

ސެމްބެ ރަނިންގ މޭޓަކަށް އައްޔަން ކޮށްފައިވަނީ، އޭނާއާއި ގުޅިން ހުރި ގޭންގެއްގެ ބާރުން ވެރިކަމަށް އައުމަށް ގިނަ ކަންކަން ހާސިލް ކުރުމުގެ މަކަރުވެރި ރޭވުމުގައެވެ. ވެރިކަމަށް އައިސް، އެ ގޭންގް ތަކަށް ބައެއް ވަޒީފާތައް ހަމަ ޖައްސާފައި ވީނަމަވެސް، ސެމްބެގެ މީހުންނަށް ވުރެ، މުއިއްޒު އަރިސް ކޮށްގެން އުޅެނީ އަދުރޭގެ މީހުންނެވެ.