ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތ. ތިމަރަފުށީ ދާއިރާއަށް ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓް އިބްރާހިމް ސަނާހު (ސަންޓޯ) ހުއްޓާ، އަމިއްލަ ގޮތުން ވާދަކުރާ އަހުމަދު ރިޔާޒަށް ތާއީދު ހޯދަން ސަރުކާރުން ފަށާފައި ވަނީ, އެޕާޓީގެ ޓިކެޓް އިބްރާހިމް ސަނާހު (ސަންޓޯ) ޕްރައިމަރީގައި ވާދަކޮށް ކާމިޔާބު ކޮށްފައި ވަނިކޮށެވެ.
ޑިމޮކްރެސީގެ ރީތި ހަމަތަކުގެ މަތިން ސަރުކާރު ހިންގާނެ ކަމުގެ ވައުދާއެކު އައި ސަރުކާރުން ގެންދަނީ ޑިމޮކްރެސީއާ ޚިލާފަށް ކަންކަން ކުރަމުންނެވެ.
އެގޮތުން ރޭގެ ވަގުތެއްގައި ސަރުކާރުގެ އިސް ވަފްދެއް ވަނީ މާލޭގައި ހުންނަ ރިޔާޒުގެ ކެމްޕޭނު ޖަހަގަ ހުޅުވުމުވުގެ ރަސްމިއްޔާތުގައި ބައިވެރިވެ އޭނާގެ ކެމްޕެއިން ރަސްމީކޮށް ލޯންޗުކޮށް އޭނާއަކީ ރައީސް މުއިއްޒު ތާއީދު ލިބިގެން ހުރި ކެންޑިޑޭޓެއް ކަމަށް ބުނެފައެވެ.
މި ސަރުކާރުގެ އިސް ވަޒީރުގެ މަގާމުގައި ހުރި، އަބްދުއްރަހީމު ބުނެފައިވާ ގޮތުގައި އަމިއްލަ ގޮތުން އަހުމަދު ރިޔާޒު ވާދަކުރި ނަމަވެސް ރައީސް މުއިއްޒުގެ ތާއީދު އޮތީ އަހުމަދު ރިޔާޒަށް ކަމަށެވެ. އަބުދުއްރަހީމު މިހެން ބުނާއިރު ޚުދު އޭނާއަކީ ކެންޑިޑޭޓަކަށްވެ ހުރެ އަދި ޕާޓީގެ އެންމެ އިސް މީހާއަށް ވާއިރު އެފަދަ ގޮތަކަށް ކަން ކުރުމަކީ އެއީ އިންސާފުން ބޭރުން ކުރާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ގ. ފިނިހިޔާވިއު ގައި ހުޅުވި އެ ޖަގަހާގައި، ރިޔާޒުގެ ފޮޓޯގެ އެއް ފަރާތުގައި ރައީސް ފޮޓޯފުޅު ޖަހާފައިވާ ޕޯސްޓަރެއްގެ ކުރިމަތީގައި މި ހަފްލާ ކުރިއަށް ދިޔައިރު މި ސަރުކާރުގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރުވެސް ބައިވެރިވިއެވެ.
މީގެ ކުރިން ވެސް ރައީސް އޮފީހުގެ މިނިސްޓަރުން ކަމަށްވާ އާދަމް ރަމީޒުއާ އަބްދުﷲ ނާސިރު (ހެރިންސް އައްޅޮ) ވެސް ވަނީ ތިމަރަފުށީ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓުންގެ ތެެރއިން ސަރުކާރުގެ ތާއީދު އޮތީ އަހުމަދު ރިޔާޒަށް ކަމަށާ ކެމްޕެއިނަށް ބޭނުންވާ ކަންކަން ރައީސް އޮފީހުގެ ތެރެއިން ހަމަޖައްސަން އެ ދެމީހުން ފަށާނެ ކަމަށްވެސް ބުނެފައެވެ.
ސަންޓޯއާ ދެކޮޅަށް ސަރުކާރުން ކެންޑިޑޭޓެއް ނެރެ ކެމްޕެއިން ކުރަމުން ގެންދާއިރު ސަންޓޯއަކީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒުއަށް ތާއީދު ހޯދަން ނުކުމެ ރަށް ރަށަސް ދަތުރުކުރި މީހެކެވެ. ގަދަ އަވީަގއާ ވިއްސާރައިގައިވެސް ރައީސް މުއިއްޒުގެ ޕީއޭގެ މަގާމުސް ފުރަމުން ސަންޓޯ ގެންދިޔައީ މި ސަރުކާރު ގެނައުމަށް ނުހަނު ބުރަ މަސައްކަތް ކުރަމުންނެވެ.
ތިމަރަފުށީ ދާއިރާއަށް ސަންޓޯއާ ރިޔާޒު ހިމެނޭހެން ތިން ކެންޑިޑޭޓަކު ވާދަކުރެއެވެ. އެއީ އެމްޑީޕީގެ ޓިކެޓުގައި ފަތުހުﷲ ޖަމީލް އާއި އަމިއްލަ ގޮތުން ވާދަކުރާ އަހުމަދު ރިޔާޒުގެ އިތުރުން ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރާ ފާތިމަތު ޒިލްމާއެވެ.
އަމިއްލަ ގޮތުން ވާދަކުރާ ރިޔާޒަށް ވޯޓުދިނުމަށް އަބްދުއްރަހީމް ގޮވާލާފައިވާއިރު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓް ކާމިޔާބުކުރި ކެންޑިޑޭޓުން ނޫން އެހެން ކެންޑިޑޭޓުންނަށް ސަރުކާރުން ތާއިދުކުރާ ކަމުގެ އަޑުތަކެއް ވަނީ ގަދަވެފައެވެ. ބައެއް ދާއިރާތަކުގައި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނަށްވެސް ރައީސް މުއިއްޒުގެ ތާއިދު އޮތްކަމުގެ ޔަގީންކަން ސަރުކާރުގެ އިސްބޭފުޅުން ގެންދަވަނީ ދެއްވަމުންނެވެ.
އެގޮތުން, ގއ ވިލިގިލި، ކ.ހުރާ، ޅ. ކުރެންދޫ އަދި އއ. މަތިވެރި ދާއިރާގެ އިތުރުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީޕީއެމް/ޕީއެންސީ ނޫން އެހެެން ކެނޑިޑެޓުންނަށް ސަރުކާރުން ތާއިދު އޮތްކަން ދަނީ ހާމަކުރަމުންނެވެ.
މަތިވެރި އާއި ކުރެންދޫ އިން ސަރުކާރު ތާއިދުކުރަނީ އެމްޑީޕީން ވަކިވެ ޕީއެންސީއާ ގުޅުނު މެމްބަރުންނަށެވެ.