އެންޓި ޑިފެކްޝަން ބިލް ތަސްދީގުކޮށް, މުއިއްޒު ސިޔާސީ ހަޔާތް އަމިއްލަަ އަތުން ކަފުން ކޮށްފި! މުއިއްޒުގެ ވެރިކަން ވެގެންދާނީ ރާއްޖޭގެ ތާރިޚުގައި އައި އެންމެ އުމުރު ކުރު ވެރިކަމަށް!

ޕާޓީ ބަދަލުކުރުމުން އަމިއްލައަށް އިސްތިއުފާދޭންޖެހޭގޮތައް ރައްޔިތުންގެ މަޖިލިހުން ފާސްކުރި އެންޓި ޑިފެކްޝަން ބިލް ރައީސް މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ.

އެންޓި ޑިފެކްޝަން ބިލު މިއަދު ތަސްދީގު ކުރުމާއެކު, މިމަހު ބާއްވާ މަޖިލިސް އިންތިޚާބަށްފަހު, ރިޝްވަތުގެ ހަރާމް ފައިސާއަށް މެމްބަރުން ގަނެގެން މަޖިލިހުގެ މެޖޯރިޓީ ހޯދުމަށް މުއިއްޒު ދެކެމުން ހުރިހާ ހުވަފެންތަކެއް ފެނަށް ވެގެން ދިޔައީއެވެ.

މުއިއިއްޒުވަނީ ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު, މަހެއްހާ ދުވަސް ވެގެންދިޔަތަނާ ކަހަލަ ގޮތަކަށް ރިޝްވަތުގެ ހަރާމް ފައިސާއަށް އެމްޑީޕީގެ 13 މެމްބަރަކު ގަނެފައެވެ.

ފާއިތު ޑިސެމްބަރުމަހު ކުއްލި ގޮތަކަށް ޕީއެންސީއަށް ބަދަލުވި އެމްޑީޕީގެ މެމްބަރުން އެޕާޓީއަށް ބަދަލުވީ ކޮންމެ މެމްބަރަކަށް 4 މިލިއަން ރުފިޔާއާއި ގިނަ އަދަދަކަށް ވަޒީފާވެސް ދޭނެކަމަށް ރައީސް މުއިއްޒު ވައުދު ވެގެންނެވެ. އެގޮތުން ކޮންމެ މެމްބަރަކަށްވެސް ސަރުކާރުގެ ސިޔާސީ 10 މަގާމް ދިނުމަށް މުއިއްޒު ވައުދުވެފައިވެއެވެ. އެެހެންނަމަވެސް ދޭން ވައުދުވި 4 މިލިއަން ރުފިޔާގެ ތެރެއިންވެސް މޮޑު އަދަދެއް އަދިވެސް މުއިއްޒު އެމެމްބަރުންނަށް ދީ ޚަލާސްކޮށްފައި ނުވާކަމަށް އެނގިފައި ވެއެވެ.

މުއިއްޒު މެމްބަރުން ގަތުމަށް ޚަރަދު ކޮށްފައިވަނީ, ފުށި ދިއްގަރު ފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ސްރީލަންކާގެ ސީއެމްސީސީ ކުންފުޏަށް ދީގެން އެކުންފުނިން 100 މިލިއަން ރުފިޔާ ރިޝްވަތުގެ ގޮތުގައި ނަންގަވައިގެންނެވެ.

އެހެންނަމަވެސް ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި އިދިކޮޅު ޕީއެންސީއަށް ރަގަޅު ނަތީޖާއެއް ނުލިބޭނެކަން ޔަގީންވެ, މުއިއްޒު ގެންދަވަނީ އިންތިޚާބަށް ނުފޫޒު ފޯރުވާ, އަދި ރިޝްވަތު ބަހައިގެން ވޯޓު ގަތުމަށް މަސައްކަތް ކުރަމުންނެވެ.

އެހެންނަމަވެސް މިއިންތިޚާބުގައި ސަރުކާރަށް ލިބޭނެކަމަށް ބެލެވެނީ އެންމެ 25 ވަރަކަށް ގޮނޑިއެވެ. އެއާއެކު މުއިއްޒު އަޒުލްކުރުމުގެ ފުރުސަތު އިދިކޮޅަށް ލިބިގެން ދާނެއެވެ.