2018 ގައި ޝިއުނާ އާއި ފަޒުލް ކައިވެނިން ބޭރުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ހަސަން ކުރުސީ ކިޔާ އެކްސް އަކައުންޓަކުން ހާމަ ކޮށްފި

2018 ގެ ރިޔާސީ އިންތިހާބު ތެރޭގައި ޝިއުނާ އާއި ފަޒުލް ކައިވެނިން ބޭރުން ބަދުއަހުލާގީ އަމަލުތަކެއް ހިންގި ކަމަށް ހަސަން ކުރުސީ ކިޔާ އެކްސް އަކައުންޓަކުން ހާމަ ކޮށްފިއެވެ. މި އެކައުންޓުން ހާމަ ކޮށްފައިވާ ޚަބަރު ގައި ވާގޮތުގައި މިކަން ހިނގާފައި ވަނީ، ފަޒުލް އެމްޑަބްއުއެސްސީގެ އެމްޑީ އަކަށް ހުންނެވި އިރު، އެ ކުންފުނީގެ ސްޓާފެއް ގޮތުގައި ޝިއުނާ އުޅެމުން ދަނިކޮށެވެ.

ހަސަން ކުރުސީ އެކައުންޓަށް އެކަމާއި ގުޅުން ހުރި ފޮޓޯތަކެއް ލިބިފައި ވާ ކަމަށާއި، ނަމަވެސް އެ އަކައުންޓުން ހިފަހައްޓާ އިޖްތިމާޢީ އަދި އަޚްލާގީ މިންގަޑުގެ ތެރެއިން އެ ފޮޓޯތައް ޝާއިޢު ކުރެވެން ނެތް ކަމުގައި އެ އަކައުންޓުން ލިޔެފައިވާ ލިޔުމުގައި ހާމަ ކޮށްފައިވެއެވެ.

ފަޒުލް މިހާރު ހުންނެވި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ. އަދި ޝިއުނާ އަކީ ރައީސް މުއިއްޒުގެ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.

ޝިއުނާ އާއި ފަޒުލް އެންމެ ފުރަތަމަ ބައްދަލުވީ ވެސްޓް ޕާކްގައި ހުރި ކެމްޕެއިން އޮފީހުގައި ކަމަށާއި އެ ދުވަސްވަރު އޭނާ ތިން ފިރިހެނުންނާ އެކު އުޅެމުން ދިޔަކަމަށާއި، ފަޒުލް، ޝިއުނާ އާއި ކައިވެނި ނުކުރި ސަބަބަކީ މިކަން ފަހުން އެނގުމުން ކަމުގައި ހަސަން ކުރިސީ ބަޔާން ކޮށްފައި ވެއެވެ.

މުއިއްޒުގެ ސަރުކާރުގެ ތެރޭގައި ސަރުކާރުގެ ޕްރޮމޯޝަނަލް ކަންކަމުގައި ޝިއުނާ އާއި ފަޒުލް މިހާރު ގުޅިގެން މަސައްކަތް ކުރަމުންދާތީ އެ ގުޅުން އަލުން ފަށާފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމުގައި ހަސަން ކުރުސީ ހާމަ ކުރެއްވިއެވެ.

މިކަމުގެ ސަބަބުން ދައުލަތުގެ ވެރިންގެ ފަރުދީ އަޚްލާޤާއި، އެފަރާތްތަކުގެ ޢަމަލުތަކުގެ ސަބަބުން އެފަރާތްތަކުގެ ޕްރޮފެޝަނަލް މަސްއޫލިއްޔަތާއި ޢާންމުންގެ އިތުބާރަށް ކުރާނެ ނޭދެވޭ އަސަރުތަކާމެދު ބޮޑެތި ސުވާލުތަކެއް އުފެދޭ ކަމުގައި ހަސަން ކުރުސީ ހާމަ ކުރެއްވިއެވެ. އަދި ތަހުޒީބު މުޖުތަމައުތަކުގައި ޖިންސީ މިފަދަ ކަންކަން ފަޅާއެރުމުން، ސިޔާސީ މީހުން އަމިއްލަ އަށް އިސްތިއުފާ ދޭ ކަމުގައި އޭނާ ހާމަ ކޮށްފައި ވެއެވެ.

ދިޔަވަރު ނޫހުން މި ހަބަރު ގެނެސްފައި މި ވަނީ، ހަސަން ކުރުސީ ހާމަ ކޮށްފައިވާ މިންވަރަށެވެ.